އެޗްޕީއޭގެ އިރުޝާދުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިގެން ކުރިއަށް

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ އޭރިއާގައި ފުރަބަންދުގެ ހާލަތު އިއުލާނުކޮށްފައިވީނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެ މަޖިލީހުގެ ތަޅުމުގައި...

26 May 2020 | 06:47

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ އޭރިއާގައި ފުރަބަންދުގެ ހާލަތު އިއުލާނުކޮށްފައިވީނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެ މަޖިލީހުގެ ތަޅުމުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މި ޖަލްސާގައި މިހާރު ކުރިއަށްދަނީ ކައުންސިލްތަކުގެ މެމްބަރުންގެ މުއްދަތާއިމެދު ކުރެވޭ ބަހުސެވެ.

މި ޖަލްސާގައި މަޖިލީހުގެ ރައީސާއި އިއްޒަތްތެރި މެމްބަރުން ތިއްބެވީ މާސްކު އަޅުއްވައިގެންނެވެ. އަދި ތަޅުމުގައި ތިއްބެވީ ދުރުދުރުގައެވެ.

ޖަލްސާ ކުރިޔަށް ގެންދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ހާއްސަ އިރުޝާދުތަކަކާއި އެއްގޮތަށެވެ. އެގޮތުން އިޖުތިމާއީ ގައިދުރު ކަން ބަހައްޓަން އިސްކަން ދޭންޖެހޭއިރު މެންބަރުން ތަޅުމަށް ވަދަވެޑައިގެންފައިވަނީ ހުން ހުރިތޯ ބަލައި ޗެކް ކުރުމަށް ފަހު އެވެ.

އެއްފަހަރާ މަޖިލީހުގެ ޖަލްސާގައި މަދުވެގެން ތިއްބަވާނީ42 މެންބަރުންނެވެ. ޖަލްސާ ފެށުނު އިރު ތަޅުމުގައި47 މެންބަރުން ތިއްބެވި އެވެ. މެންބަރުން ދުރުދުރުގައި ތިއއްބެވި އިރު ބައެއް މެންބަރުން ތިބއްބެވީ މޭޒު ކަރިއަކު ނޫނެވެ.

ހާއްސަ ފިޔަވަޅުތަކަކާއި އެކު ޖަލްސާތައް ފަށާފައި މިވަނީ ލޮކްޑައުން އުވާލަންދެން ޖަލްސާތައް ތަޅުމުގައި ނުބާއްވާ ތިބެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް