ފުރަތަމަ މަރުވި މީހާގެ ސާމްޕަލް ނަަގައި ޓެސްޓު ކުރުން ލަސްވުން ފިޔަވާ ގޯހެއް ނުހިނގާ

ކޯވިޑް-19 ޖެހިގެން ރާޢްޖެއިން ފުރަތަމަ ދުނިޔެ ދޫކުރި އުމުރުން83 އަހަރުގެ އާމިނަތު އާދަމް އާއި މެދު އެޗްޕީއޭއިން އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލް އާންމުކޮށްފި އެވެ. ހެލްތް މިނިސްޓްރީން އެ މައްސަލަ ބެލީ...

26 May 2020 | 05:46

ކޯވިޑް-19 ޖެހިގެން ރާޢްޖެއިން ފުރަތަމަ ދުނިޔެ ދޫކުރި އުމުރުން83 އަހަރުގެ އާމިނަތު އާދަމް އާއި މެދު އެޗްޕީއޭއިން އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލް އާންމުކޮށްފި އެވެ.

ހެލްތް މިނިސްޓްރީން އެ މައްސަލަ ބެލީ އެމީހާ މަރުވީ އެގެ މޮނިޓަރިންގައި ހުރުމުން ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އާއިލާއިން އެދުނުތާ ވަރަށް ގިނަ އިރުވީފަހުން ކަމަށް އާއިލާއިން ބުނެފައިވަނިކޮށެވެ. އަދި އެމީހާ ކޯވިޑަށް ޓެސްޓު ހަދަން ސާމްޕަލް ނަގާފައިވަނީ އެކަމަށް އާއިލާއިން އެދުނުތާ ދެ ދުވަހަށްވުރެ ގިނަ ދުވަސްވީ ފަހުން ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އެޗްޕީއޭގެ ޑޮކްޓަރު ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ މައްސަލަ ބެލީ ހެލްތް މިނިސްޓްރީގެ ކުއަލިޓީ އެޝުއަރެންސް ކޮމިޓީން ކަމަށެވެ. ބެލި ބެލުމުން ފާހަގަވެފައިވަނީ އެންމެ ދެ މައްސަލަ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އާމިނަތު އާދަމް ކޯވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމާއި ޓެސްޓު ކުރުން ލަސްވެފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ. އެފަދަ ހާލަތެއްގައި އަވަހަށް ނަތީޖާ ލިބިގަންނަންޖެހޭ ބައެއްގެ ގޮތުގައި އިސްކަންދޭން ޖެހޭ މީހުންގެ ލިސްޓުގައި އެމީހާގެ ޓެސްޓު ހިމެނެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ހާދިސާއާއި ގުޅިގެން މިހާޜު އެޗްޕީއޭއިން ނިންމާފައިވަނީ ޕޮސިޓިވް މީހަކާއި ގުޅުން ހުރި މީހަކު ހުރި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ހުރި ނަމަ އެމީހަކަށް އިސްކަން ދީގެން އަވަހަށް ޓެސްޓު ކުރުމަށެވެ. އޭނާ ވިދާޅުވީ މި ދެ މައްސަލައިގެ އިތުރުން އެހެން ކަމެއް ފާހަގަވެފައި ނުވާކަމަށެވެ. އެހެންވެ.

މި މައްސަލައިގަ ޖިނާއީ ތަހުގީގެއް އެއްވެސް ފަރާތަކަކާއި ދެކޮޅަށް ހިންގަން ނުޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް