ފުރަބަންދާ ހިލާފުވެގެން އިއްޔެ އެކަނި 188 މީހަކު ޖޫރިމަނާކުރި

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދާއި ހިލާފުވެގެން އިއްޔެ އެކަނި 188 މީހަކު ޖޫރިމަނާކޮށް 12 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އިއްޔެ 188 މީހަ...

26 May 2020 | 04:33

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދާއި ހިލާފުވެގެން އިއްޔެ އެކަނި 188 މީހަކު ޖޫރިމަނާކޮށް 12 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އިއްޔެ 188 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ފުރަބަންދާއި ގުޅިގެން މިހާތަނަށް ޖޫރިމަނާކުރި މީހުންގެ އަދަދަކީ 547 އެވެ. އަދި އިއްޔެ 12 މީހަކު ހައްޔަރުކޮށްފައިވާއި ފުރަބަންދާއި ގުޅިގެން މިހާތަނަށް ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު 294 އަކަށް އަރާފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

މާލެ ސަރަހައްދަށް ލޮކްޑައުންގެ ހާލަތު އިއުލާނުކޮށްފައިވާއިރު ހާއްސަ ހުއްދަތަކެއް ދީފައިވަނީ ސިއްހީ ދާއިރާއާއި އެންއީއޯސީ އާއި ސަލާމަތީ ހިދުމަތްތަކުގެ އިތުރުން މީޑިއާއަށެވެ. އަދި ޑެލިވަރީ ކުރުމާއި އާންމު ހިދުމަތްތައް ދޭ ފަރާތްތަކަށްވެސް ހުއްދަތަކެއް ދީފައިވެއެވެ.

ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުންނަން ޖެހިއްޖެނަމަ ނިކުމެވޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް