ޖަލްސާ ބޭއްވުމަށް މެމްބަރުންނާއި އިދާރީ މުވައްޒަފުންނަށް މިދަނީ ހުއްދަ ދެމުން: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ބޭއްވުމަށް ނިންމާފައިވާ ޖަލްސާއަށް ދިއުމަށް މެމްބަރުންނާއި އިދާރީ މުވައްޒަފުންނަށް ހުއްދަތައް ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ...

25 May 2020 | 23:13

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ބޭއްވުމަށް ނިންމާފައިވާ ޖަލްސާއަށް ދިއުމަށް މެމްބަރުންނާއި އިދާރީ މުވައްޒަފުންނަށް ހުއްދަތައް ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބާއްވާނަމަ ފުރިހަމަކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވާ ކަންކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވާނީ މަޖިލީހުގެ އިދާރާގައި ދަންނަވާފައި ކަމަށެވެ.

"ޖަލްސާއަށް ވަޑައިގެންނެވުމަށް ހުއްދަ ދިނުމަށް މަޖިލީހުން އެދިލައްވާފައިވާ މެމްބަރުންނާއި އިދާރީ މުވައްޒަފުންނަށް މިގެންދަނީ ހުއްދަދެމުން" ފުލުހުން ބުނެފައިވެއެވެ.

https://twitter.com/PoliceMv/status/1265047010127872007

މި ހުއްދަތައް ދޫކުރަން ފަށާފައިވާއިރު ޝަރުތު ތަކަކާއެކު ޖަލްސާ ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ދީފައެވެ.

ފުރިހަމަކުރަން އެންގި ކަންކަން

- ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުން.

- ކޮވިޑް-19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުން.

- މާލަމަށް ވަނުމުގަ އާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުން.

- ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން.

- މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅު، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުން.

- ކޮވިޑް-19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް (ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުން) އަމަލު ބެހެއްޓުން.

- މީހުން އެއްތަނަކަށް އެއްވެގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުން. އެންމެ އެދެވިގެން ވަނީ ވާޗުއަލްކޮށް ޖަލްސާ ބޭއްވުން.

ތަފްސީލްއަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް