މަޑު ނުކުރެވޭނެ ކަމަށް ވިދާޅުވެ މާލޭގެ ލޮކްޑައުނަށް ނަޝީދު ގޮންޖައްސަވައިފި

މާލޭ ސިޓީ ލޮކްޑައުން ނިމުމަކަށް ގެންނަންދެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ކުރިޔަށް ނުގެންގޮސް ނުތިބެވޭނެ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަން އަންގައި މަޖިލީހުގެ ރައ...

25 May 2020 | 19:18

މާލޭ ސިޓީ ލޮކްޑައުން ނިމުމަކަށް ގެންނަންދެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ކުރިޔަށް ނުގެންގޮސް ނުތިބެވޭނެ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަން އަންގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލޮކްޑައުންއަށް ގޮންޖައްސަވައިފި އެވެ.

މާލީ ސިޓީގެ ލޮކްޑައުން ހަތަރު ވަނަފަހަރަށް އިތުރުކޮށްފައިވާ މުއްދަތު ހަމަވާން ދެން އޮތީ ދެ ދުވަހެވެ. މިދިޔަ މަހެއްހާ ދުވަސް ކޯވިޑާއި ގުޅިގެން މަޖިލީހުގެ ޖަލްސާތަށް އޮންލައިންކޮށް މެންބަރުން ގޭގައި ތިއްބަވައިގެން ކުރިޔަށް ގެންދިއުމަށް ފަހު މިއަދު ކުއްލިގޮތަކަށް މަޖިލީހުން ވަނީ މާދަމާ ޖަލްސާ ބާއްވަން ނިންމާފައިވަނީ ހާއްސަ ފިޔަވަޅުތަކަކާއި އެކު ތަޅުމުގައި ކަން އިއުލާނުކޮށްފައި އެވެ.

މަޖިލީސް މެންބަރުން ހިމެނިވަޑައިގެންނަވާ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވެފައިވަނީ ލޮކްޑައުންއާ މެދު އެޗްޕީއޭ އިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަންދެން މަޑުކުރެއްވެން ނެތް ވާހަކަ މައިމޫނާއަށް އަަންގަވާފައިވާނެ ކަމަށެވެ. މިއީ މަޖިލީހުގެ ރައީސަކު ގާނޫނެއްގެ ދަށުން އަޅާފައިވާ ފިޔަވަޅަކާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ.

މާދަމާ މަޖިލީހުގެ ތަޅުމުގައި ހާއްސަ ފިޔަވަޅުތަކާއި އެކު ފެށުމަށް ހަމަޖެހިފައިވާ ޖަލްސާތަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކައުންސިލްތަކުގެ ދައުރު ދަންމާލުމާއި ގުޅޭގޮތުން ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތެވެ.

ނަޝީދު ވިދާޅުވީ މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ. ކުރިން ވެސް ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމާ މެދު މެމްބަރުންގެ ވިސްނުން ހުރި ގޮތް ބެއްލެވި އެވެ. އަދި ގިނަ މެމްބަރުންނަށް ފެނިވަޑައިގަތީ ވެސް މާލަމުގައި ޖަލްސާތައް ފަށަން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް