ބީޖީ ގަރާޖް ކައިރީގައި މާރާމާރި ހިންގައިފި: އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް

މާފަންނު ބީޖީ ގަރާޖް ކައިރީގައި މާރާމާރީ ހިންގައިފި އެވެ. "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 10:35 ހާއިރު ކަމަށެވެ...

26 Apr 2021 | 18:47

މާފަންނު ބީޖީ ގަރާޖް ކައިރީގައި މާރާމާރީ ހިންގައިފި އެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 10:35 ހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މާރާމާރީ ހިންގި މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ދެ ފިރިހެނުންގެ ދެމެދުގައި އެވެ. އެއީ ގްރޫޕު މާރާމާރީއެއް ކަން ނުވަތަ ނޫންކަން ކަށަވަރު ނުވާއިރު މާރާމާރީ ހުއްޓުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރި އިރު އޭގެ ތެރޭގައި އަންހެނުންވެސް ހިމެނެ އެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން ދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް