އިހުސާން ފިހާރައިން ވައްކަން ކުރި މީހާ ހޯދައިދޭ މީހަކަށް 500 ރުފިޔާގެ އިނާމެއް އެ ފިހާރައިން ހުށަހަޅައިފިއެވެ.
ހޯދަމުން ދަނީ "އިހުސާން ފިހާރަ 1" އަށް ރަތްކޮތަޅެއް ހިފައިގެން ވަދެ ވައްކަން ކުރި މީހެކެވެ. އެ ފިހާރައިން އާއްމު ކޮށްފައިވާ ވީޑިއޯއިން އެމީހާ ފިހާރައަށް ވަދެ މުދާތައް ބާސްކެޓަށް އެޅުމަށްފަހު ޖީބުން ރަތްކޮތަޅެއް ނަގައި އެއަށް އަޅައެވެ.
އަދި އެއަށްފަހު ފިހާރަތެރޭގައި އުޅުމަށްފަހު ނިކުމެގެންދާތަން ވެސް އާއްމުކޮށްފައިވާ މި ވީޑިއޯއިން ފެނެއެވެ.
https://twitter.com/MvCrisis/status/1386631856179740673
އެމީހާ އެ ފިހާރައިން ވައްކަން ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. އެ މީހާ ފެނިއްޖެ ނަމަ، 7777298 އަށް ގުޅުމަށް އެ ފިހާރައިން އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް