ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި އަދަދު 80،000 އަށް

ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި މީހުންގެ އަދަދު 80،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން ބުނީ އިއްޔެގެ ނިޔަލަށް ރާއްޖެއިން 82،827 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި...

26 Apr 2021 | 17:03

ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި މީހުންގެ އަދަދު 80،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެގެ ނިޔަލަށް ރާއްޖެއިން 82،827 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އަދި އިއްޔެ އެކަނި 5،904 މީހުން ވެކްސިން ޖަހާފައިވާ ކަމަށް ބުނެ އެވެ. އިއްޔެ ވެކްސިންގެ ދެ ވަނަ ޑޯޒު މާލެ ސަރަހައްދުގައި ޖަހާފައިވަނީ 3،081 މީހުންނެވެ. އަތޮޅު ތެރެއިން ކޯވިޑް ދެވަނަ ޑޯޒު ޖަހާފައިވަނީ 2،823 މީހުންނެވެ.

ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ދެމުންދަނީ ކޮވިޝީލްޑާއި ސިނޮފާމް ވެކްސިންގެ އެވެ. ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒު ދޭން އަދި ނުފަށައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ ކޯވިޑް-19 ފުރަތަމަ ޑޯޒު 1،186 މީހުން ޖަހާފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 340 މީހުންނާއި އަތޮޅު ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި 846 މީހުންނެވެ.

ފުރަތަމަ ޑޯޒު މިހާރު ދެނީ ފައިޒާ ވެކްސިންއާ ސިނޮފާމް ވެކްސިންގެ އެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 292،413 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް