މި އަހަރުގެ ތެރޭގައި 5000ށް ވުރެ ގިނަ ހައުސިން ޔުނިޓްގެ މަޝްރޫއު ފެށޭނެ: މިނިސްޓަރު އަސްލަމް

މި އަހަރުގެ ތެރޭގައި 5000ށް ވުރެ ގިނަ ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއު ފެށޭނެ ކަމަށް ހައުސިން  މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، "ވަން ސެންޓަރަލް ޕާކް ރެސިޑެ...

26 Apr 2021 | 16:09

މި އަހަރުގެ ތެރޭގައި 5000ށް ވުރެ ގިނަ ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއު ފެށޭނެ ކަމަށް ހައުސިން  މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، "ވަން ސެންޓަރަލް ޕާކް ރެސިޑެންޝަލް ބިލްޑިންގ" މަޝްރޫޢު ފެށުމަށް ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަހައްދުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނާން ހައުސިން މަޝްރޫއުތަކުގެ ތެރެއިން 5000 އަށްވުރެ ގިނަ ހައުސިން މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ތެރޭގަ ފަށައިގެން ކުރިއަށް ގެންދާނަން." ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް-1 ގައި 120 ހައުސިންގ ޔުނިޓް ހިމެނޭ "ވަން ސެންޓަރަލް ހައުސިންގ" މަޝްރޫއު ކުރިއަށް ގެންދަނީ ސެންޑަލް މޮރިޝަސް ކުންފުންޏާއި ދިވެހި ކުންފުނި އާރްސީސީ ގުޅިގެންނެވެ.

ސެންޑަލް މޮރިޝަސްއިން ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަހައްދުގައި ހައުސިންގ ޕްރޮޖެކްޓެއް ހިންގަން އެ ކުންފުނިން ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ފުރަތަމަ ސޮއިކޮށްފައިވަނީ، 19 މާރިޗު 2015 ގައެވެ. އެހެންނަމަވެސް، މި މަޝްރޫއު ހިންގަން ކަނޑައެޅުނު ދެ ޕްލޮޓް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 8 އޮކްޓޫބަރު 2020 ގައެވެ. ތިން ފަރާތެއްގެ މެދުގައި ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އާއި އެޗްޑީސީ އަދި ސެންޑަލް މޮރިޝަސްއެވެ.

ސެންޑަލް މޮރިޝަސް ކުންފުންޏަކީ އިންޑިއާގެ އެސޯޓެކް ރިއަލްޓީ ކުންފުނިން ރާއްޖޭގައި ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމަށް އުފެއްދި ސްޕެޝަލް ޕަރޕަސް ވެހިކަލް (އެސްޕީވީ) އެކެވެ.

"ވަން ސެންޓްރަލް ޕާކް" ގެ ނަންދެވިފައިވާ މި އެޕާޓްމަންޓްތައް ހުންނާނީ ސެންޓްރަލް ޕާކްގެ އުތުރުން، ޖުޑީޝަލް ކޮމްޕްލެކްސް ކުރިމައްޗަށްވާ ގޮތަށެވެ.

މިތަނުގެ އެޕާޓްމަންޓެއްގެ އަގު 2.2 މިލިއަން ރުފިޔާއަށް އަރާއިރު، 120 އެޕާޓަމަންޓް ހުންނާނެއެވެ. އަދި މިތަނުން އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް ތިން ލޭއައުޓްގެ ތެރެއިން އެބަޔަކު އިހުތިޔާރުކުރާ ލޭއައުޓަކަށް އެޕާޓްމަންޓް ފަރުމާކޮށްދޭނެއެވެ. ހައުސިންގ މިނިސްޓްރީއާއެކު އެއްބަސްވެފައިވާވގޮތަށް، މި އެޕާޓްމަންޓްތައް ހާއްސަކުރެވިފައި ވަނީ ފުރަތަމަ ފަހަރަށް ގެޔެއް/އެޕާޓްމަންޓެއް ގަންނަ ފަރާތްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް