އެލައިޑް އިންޝުއަރަންސް ކުންފުނީގެ ރަމަޟާން ޕްރޮމޯޝަން "ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަނުގެ ދަށުން އަލަށް މޮޓޯ ތާރޑް ޕާޓީ އިންޝުއަރަންސާއި ތަކާފުލް ނަންގަވާ ފަރާތްތަކަށާއި ޕްލޭން އާ ކުރައްވާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓަޑް އަގުތަކެއް ކަނޑައަޅައިފިއެވެ.
އެގޮތުން އެލައިޑުން ބުނެފައިވަނީ "ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަންގައި ސައިކަލަކަށް ތަރޑް ޕާޓީ ކަވަރޭޖް ހޯއްދެވުމަށް ހޭދަވަނީ އެންމެ 140 ރުފިޔާ ކަމަށެވެ. 4 ފުރޮޅުލީ އުޅަނދެއް ނަމަ، 475 ރުފިޔާ ކަމަށެވެ. މީގެ އިތުރުން އެހެނިހެން އުޅަނދުތަކަށްވެސް އެލައިޑުން ވަނީ ޑިސްކައުންޓަޑް ރޭޓްތައް މިޕްރޮމޯޝަނުގައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ކަމުގައި އެލައިޑުން ބުނެއެވެ މީގެ އިތުރުން ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފަރުދަކަށްވެސް ހުޅުވާލެވިފައި ވާއިރު، މިޕްރޮމޯޝަން އަގުތަކުގައި ޕޮލިސީ ނެންގެވުމަށް އޮންލައިން ވަސީލަތްތައް އިހުތިޔާރުކުރުމުގެ އިތުރުން އެލައިޑުގެ ކަސްޓަމަރ ފްރަންޓް އޮފީހަށްވެސް ވަޑައިގެންނެވިދާނެކަމުގައި އެލައިޑުން ބުނެއެވެ.
މޮޓޯ ތަރޑް ޕާޓީ އިންޝުއަރަންސަކީ އެކްސިޑެންޓެއް ކުރިމަތިވާ ހިނދު ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެހެން ފަރުމާކުރެވިފައިވާ ޕޮލިސީއެކެވެ. ކޮންމެ އުޅަނދަކަށްވެސް ނެގުން، ސަރުކާރުން ލާޒިމްކޮށްފައި މިޕޮލިސީއިން މުޅި މުޖްތަމައުއަށް އޭގެ ފައިދާ ކުރެއެވެ. މާނައަކީ، އެކްސިޑެންޓަކާއި ކުރިމަތިލާ ހިނދު ދެފަރާތުން ޕޮލިސީ ނަގާފައި ވާނަމަ، ދެފަރާތަށް ލިބޭ ގެއްލުމަށްވެސް ބަދަލު ކަށަވަރުވެގެންދެއެވެ.
މިޕްރޮމޯޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެލައިޑުން ވިދާޅުވި ގޮތުގައި، މިޕްރޮމޯޝަނަކީ މަގުމަތީގެ ރައްކާތެރިކަމަށް ބަލައިގެން ދުއްވުމުގެ މުހިންމުކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ނިޔަތުގައި ފެށި ކެމްޕެއިނެކެވެ. އެގޮތުން މިކެމްޕެއިން މެދުވެރިކޮށް ރައްޔިތުންނަށް މިމެސެޖު ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމުގައި އެކުންފުނިން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން، ރަމަޟާން މަހަކީ ނިސްބަތުން މަގުމަތީގެ ތަފާތު އެކްސިޑެންޓްތައް ގިނަ މަހެއްކަމުން، މިފަދަ ކަމެއް ހިނގާ ވަގުތުގައި ވެސް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެހީތެރިވެދިނުމަށް ފެށި މަސައްކަތެއް ކަމުގައި އެލައިޑުން ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް