ދައުލަތުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްލައިފިއެވެ.
އެގޮތުން ފިޔާ ބަސްތާއެއްގެ އަގު މިވަނީ ދެގުނަ ދަށް ކޮށްލާފައެވެ. ރޯދަ މަސް ފެށުނު އިރު 25 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކާފައިވަނީ 200 ރުފިޔާއަށެވެ. ކިލޯއެއް ވިއްކާފައިވަނީ 9 ރުފިޔާ 50 ލާރިއަށެވެ.
ނަމަވެސް މި ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް ވިއްކަނީ 100 ރުފިޔާއަށެވެ. ފިޔާ ކިލޯއެއް 4 ރުފިޔާ 50 ލާރިއަށެވެ.
އެސްޓީއޯއިން ފިޔާގެ އަގު ވަރަށް ބޮޑަށް ދަށްކޮށްލާފައިވާއިރު މި އަހަރަކީ އެހެން ރަމަޟާން މަސްތަކާ އަޅާބަލާއިރު ތަކެތީގެ އަގު ހެޔޮ ނުވަތަ ކޮންޓްރޯލު ކުރެވިފައިވާ މަހެއް ކަމުގައި ފާހަގަކޮށްލަންޖެހެއެވެ. މިކަމުގައި އެސްޓީއޯގެ ރޯލު ބޮޑުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް