އަންހެނުންނަށް އިސްކަން ދީގެން އެމްޓީސީސީއިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އެމްޓީީސީސީއިން އިއުލާނު ކޮށްފައި ވަނީ ހއ، ހދ އަދި ށ އަތޮޅު އެމްޓީސީސީ ފެރީ އެޓެންޑެންޓުންނާއި ލޯންޗް ކެޕްޓަނުންނަށެވެ. އެގޮތުން އުމުރުން18 އަހަރާ35 އަހަރާ ދެމެދުގެ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ މި ވަޒީފާތަކަށް ކަނޑައަޅާފައިވާ އުޖޫރައަކީ1000 ރުފިޔާައާ 12000 ރުފިޔާއާއި ދެމެދުގެ މުސާރައެކެވެ.
އެމްޓީސީސީއިން ހޯދަމުން ދަނީ ފެރީ އެޓެންޑެންޓްގެ36 މީހުންނާއި34 ލޯންޗް ކެޕްޓަނުންނެވެ. މި ވަޒީފާތަކާ ބެހޭ އިތުރު މައުލޫމާތު، އެމްޓީސީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއަށެވެ.
50-40 ދެމެދުގެ ފަސިންޖަރުން އުފުލޭ ހައި ސްޕީޑް 17 ލޯންޗް، ޒޯން 1 ގެ ހައި ސްޕީޑް ފެރީ ވިއުގައިގައި ބޭނުންކުރެވޭނެއެވެ. މިއީ ބަލިމީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އެހެން ފަރާތްތަކަށް ވެސް އަރާފޭބުމަށް ފަސޭހަވާނެހެން ފަރުމާ ކުރެވިފައި ލޯންޒުތަކެއްކަން އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީއިން ދިވެހިންނަށް ހާއްސަކޮށްގެން ވަޒީފާގެ ފުރުސަތުތައް ހުޅުވައިލާއިރު، ހާއްސަކޮށް އަންހެނުންނަށް ފުރުސަތުތައް އޮތްކަން، މީގެ ދުވަސްކޮޅެއް ކުރިން ވީޑިއޯއެއްގެ ޒަރިއްޔާއިން ވަނީ އަންގައިދީފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި، އެ އަންހެން ކުއްޖާ، ވަޒީފާގެ ދަތުރު ފަށަނީ އެމްޓީސީސީ ފެރީއެއްގެ ކްރޫއެއްގެ ވަޒީފާއިންނެވެ. މަގާމުގެ ކުރިއެރުން ހޯދަމުން، ތަފާތު އައު ތަޖުރިބާ ތަކެއް ކުރަމުން ގޮސް އެމްޓީސީސީ ޓީމްގެ މުހިންމު ތަނބަކަށް އެ އަންހެން ދަރި ވެގެންދާތަން ފެނިގެންދެއެވެ.
އެމްޓީސީސީ ރައްޔިތުންގެ ދަރިންގެ ނަމުގައި ފެނިގެން ދިޔަ އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެއީ އެއްޓީސީސީއިން އަންހެނުންނަށް ހާއްސަކޮށް ވަޒީފާގެ ފުރުސަތު ހުރިކަން އަންގައިދިން ސިގްނަލްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް