ބޮލީވުޑްގައި ކުރިއަރަމުން އަންނަ އަދި އެންމެ ބިޒީ ތަރިންގެ ތެރޭގައި ހިމެނޭ ރަކުލް ޕްރީތް ސިންގް ސޮއި ކުރަން ތައްޔާރުވަމުންދާ ފިލްމުގައި އޭނާ ފެނިގެންދާނީ ހީވެސް ނުކުރާކަހަލަ ތަފާތު ރޯލަކުންނެވެ.
މިހާރުވެސް ގިނަ ފިލްމުތަކަކުން ފުރުސަތު ލިބިފައިވާ ރަކުލް ސޮއިކޮށް މަސައްކަތް ކުރަމުންދާ ވަރުގަދަ ފިލްމުތަކުގެ ތެރޭގައި "މޭޑޭ" "ތޭންކް ގޯޑު" އަދި ޑޮކްޓަރު ޑީ" ހިމެނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިފަހަރު އޭނާއަށް ހުށަހަޅާފައިވާ ފިލްމުގައި ކުޅެން ޖެހެނީ ކޮންޑަމް ޓެސްޓު ކުރާ މީހެއްގެ ރޯލެވެ. ވަރަށް ގައި ގޯޅި މަންޒަރުތަކެއް ރަކުލް ކުޅެން ޖެހޭއިރު މި ފިލްމުގައި ކުޅެން ހަމަޖެހިފައިވާ ރޯލާއި މެދު އޭނާ ވަރަށް ހިތްހަމަ ޖެހި ގަޔާވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފިލްމު ކުޅެން އަނގަބަހުން ރަކުލް މިހާރު ވަނީ އެއްބަސްވެފައި އެވެ. އެ ފިލްމުގެ ޕްރޮޑިއުޝަރަކީ މަޝްހޫރު ފިލްމުތަކެއް ޕްރޮޑިއުސް ކޮށްށްފައިވާ ރޯނީ ސްކްރޫވާލާ އެވެ.
އެ ފިލްމަކީ ހެއްވާ މަޖާ ފިލްމެއް ކަމަށްވިޔަސް ފިލްމަށް އަދި ނަމެއް ނުދެ އެވެ. ރޯނީ މަޝްހޫރު ވެފައިވަނީވެސް ކޮމިޑީ ފިލްމުތައް ޕްރޮޑިއުސް ކޮށްގެންނެވެ.
ރަކުކް މިހާޜު މަސައްކަތް ކުރަމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ކުރެވޭނީ ކޮން ފިލްމެއް ކަމެއް ނޭނގެ އެވެ. އެއީ ފިލްމު "މޭޑޭ" އަދި "ތޭންކް ގޯޑް" ފަދަ ފިލްމުތަކުގެ މަސައްކަތް ކޯވިޑް-19 އާއި ހެދި ހުއްޓިފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް