ޕެސްޓާއި އިތުރު ހަތަރު މީހަކާއި ދެކޮޅަށް ޑްރަގް އެތެރެކޮށް، ވިއްކައި، ބޭނުންކުރުމުގެ ދައުވާ

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ފުވައްމުލަކު ސިޓީ ދިގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (ޕެސްޓު) އާއި އޭނާގެ ބައިވެރިންނާ ދެކޮޅަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވި...

26 Apr 2021 | 07:32

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ފުވައްމުލަކު ސިޓީ ދިގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (ޕެސްޓު) އާއި އޭނާގެ ބައިވެރިންނާ ދެކޮޅަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިއްކުމާއި ސިއްރުން ގެންގުޅުނު ކަމުގެ ކުށުގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ޕެސްޓާއި އެކު މި މައްސަލައިގަ އިތުރު ހަތަރު މީހެއްގެ މައްޗަށް މަސްތުވާތަކެއްޗާއި ގުޅުން ހުރި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. ޝާފިއު ވިދާޅުވީ އެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

އުފުލާފައިވާ ދައުވާތައް:

ފުވައްމުލަކު ސިޓީ ދިގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (ޕެސްޓު):

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ ހ، އާއި 138 ވަނަ މާއްދާގެ ބ، އާއި 146 ވަނަ މާއްދާއާއި، 160 ވަނަ މާއްދާއާ ޙަވާލާދީ، އެ ގާނޫނުގެ 108 ވަނަ މާއްދާގެ ނ، އާއި 158 ވަނަ މާއްދާގެ ހގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ހ، އާއި 136 ވަނަ މާއްދާގެ ބ، އާއި 160 ވަނަ މާއްދާއާ ޙަވާލާދީ، 105 ވަނަ މާއްދާގެ ނ، އާއި އެ ގާނޫނުގެ 158 ވަނަ މާއްދާގެ ހ،ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 111 ވަނަ މާއްދާގެ ހ، އާއި 140 ވަނަ މާއްދާގެ ށ، އާއި 160 ވަނަ މާއްދާއާ ޙަވާލާދީ، އެ ގާނޫނުގެ 111 ވަނަ މާއްދާގެ ނ، އާއި 158 ވަނަ މާއްދާގެ ހ،ގެ ދަށުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 115 ވަނަ މާއްދާގެ ހ، އައި ޙަވާލާދީ، އެމާއްދާގެ ށ،ގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 129 ވަނަ މާއްދާގެ ހ، އާއި ހަވާލާދީ، އެ ގާނޫނުގެ 129 ވަނަ މާއްދާގެ ނ،ގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާ.

ލ. ގަން-ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދު:

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ ހ، އާއި އެ ގާނޫނުގެ 138 ވަނަ މާއްދާގެ ބ، އާއި 146 ވަނަ މާއްދާއާއި، 160 ވަނަ މާއްދާއާ ޙަވާލާދީ، އެ ގާނޫނުގެ 108 ވަނަ މާއްދާގެ ނ، އާއި 158 ވަނަ މާއްދާގެ ހ، ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ހ، އާއި 136 ވަނަ މާއްދާގެ ބ، އާއި 160 ވަނަ މާއްދާއާ ޙަވާލާދީ، 105 ވަނަ މާއްދާގެ ނ، ގެ ދަށުންނާއި، 158 ވަނަ މާއްދާގެ ހ، ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 111 ވަނަ މާއްދާގެ ހ، އާއި 140 ވަނަ މާއްދާގެ ށ، އާއި 160 ވަނަ މާއްދާއާ ޙަވާލާދީ، އެ ގާނޫނުގެ 111 ވަނަ މާއްދާގެ ނ، ގެ ދަށުންނާއި، 158 ވަނަ މާއްދާގެ ހ،ގެ ދަށުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 129 ވަނަ މާއްދާގެ ހ، އާއި ޙަވާލާދީ، އެ ގާނޫނުގެ 129 ވަނަ މާއްދާގެ ނ، ގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާ.

މ. އަސަރީހަދާން، އާއިޝަތު ހަސްނާ ނާހިދު:

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 110 ވަނަ މާއްދާގެ ހ، އާއި އެ ގާނޫނުގެ 146 ވަނަ މާއްދާއާއި، 139 ވަނަ މާއްދާގެ ހ، އާއި ޙަވާލާދީ، އެ ގާނޫނުގެ 110 ވަނަ މާއްދާގެ ނ، ގެ ދަށުން، ކެނެބިހުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ.

ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަޙްމަދު ހުސާމް:

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 138 ވަނަ މާއްދާގެ ބ، އާއި 146 ވަނަ މާއްދާއާއި، 108 ވަނަ މާއްދާގެ ށ، އާއި ހަވާލާދީ، 108 ވަނަ މާއްދާގެ ރ، ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 115 ވަނަ މާއްދާގެ ހ، އާއި ޙަވާލާދީ، އެމާއްދާގެ ށ، ގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން:

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 129 ވަނަ މާއްދާގެ ހ، އާއި ޙަވާލާދީ، އެ ގާނޫނުގެ 129 ވަނަ މާއްދާގެ ނ، ގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާ.

މި މައްސަލަތަކުގައި އެމީހުންނާއި ދެކޮޅަށް ދައުވާ ކުރަން ފޮނުވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެމީހުންގެ އަތުން 2.5 ގިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް