ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކަނޑައެޅި ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަން ފުޅުތައް މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ތިން ނަމަކީ، ޝިހާމް މުހައްމަދު ވަހީދު، އަހުމަދު އާހިދު ރަޝީދު އަދި މަރިޔަމް އަލީމު އެވެ.
މި ތިން ބޭފުޅުންގެ އިތުރުން، މި ގަމާގަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ވެސް މަޖިލީހަށް ވަނީ ފޮނުއްވާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި، އިންޓަރވިއުކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒް މޫސާ، މަގާމުން އިސްތިއުގާ ދެއްވުމާއި ގުޅިގެންނެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މާރިޗް މަހުގެ 21 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް