ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެމްކޯގެ ވެބްސައިޓަށް ބަދަލުތަކެއް ގެނެސްފި

ވެމްކޯގެ ވެބްސައިޓުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެމްކޯގެ ވެބްސައިޓަށް ބަދަލުތަކެއް ގެނެސް ރީ-ލޯންޗުކޮއްފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ބަދަލުތަކާއެކު ވެމްކޯ ވެބްސައިޓ...

26 Apr 2021 | 06:52

ވެމްކޯގެ ވެބްސައިޓުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެމްކޯގެ ވެބްސައިޓަށް ބަދަލުތަކެއް ގެނެސް ރީ-ލޯންޗުކޮއްފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ބަދަލުތަކާއެކު ވެމްކޯ ވެބްސައިޓުން އަވަސް ޕޭ މެދުވެރިކޮށް ބެންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކާޑުތަކުން ބިލަށް ލާރި ދެއްކުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

https://twitter.com/WAMCOmv/status/1386231982355480579

ވެމްކޯގެ ވެބްސައިޓަށް އިތުރުކުރެވުނު މި ބަޔާއެކު ކަސްޓަމަރުންނަށް ޕޭމަންޓް ހިސްޓްރީ ފަސޭހަކާމާއެކު ބަލައިލެވޭނެއެވެ. އެގޮތުން ދައްކާފައި ހުރި ބިލުތަކާއި ނުދެއްކި ހުރި ބިލުތަކުގެ ތަފްސީލު ވެސް ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

މި ހިދުމަތާއިއެކު ވެމްކޯގެ ބިލުތައް ދެއްކުމަށް ރަޖިސްޓްރީކޮށް ވެމްކޯގެ ހިދުމަތް ހޯދަމުން އަންނަ ފާރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަޔަކަށް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް