ދުވަހުގެ ޑިޝް: ޕޭސްޓްރީ ކުރީމް

ބޭނުންވާނެ ތަކެތި 2 ޖޯޑު ދިޔާ ކިރު (ފުލް ކްރީމް) 2/1 ޖޯޑު ހަކުރު 6 ބިހުގެ ގޮބޮޅި 4 މޭޒުމަތީ ސަމުސާގެ ފުށް 4 މޭޒުމަތީ ސަމުސާގެ ބަޓަރު ދެއިނގިލި ކުރިން ހިފޭވަރުގެ ލޮނުކޮޅެއް ހައްދަވާނެ ގޮތް ހަކުރުގެ ދެބ...

26 Apr 2021 | 05:57

ބޭނުންވާނެ ތަކެތި

2 ޖޯޑު ދިޔާ ކިރު (ފުލް ކްރީމް)

2/1 ޖޯޑު ހަކުރު

6 ބިހުގެ ގޮބޮޅި

4 މޭޒުމަތީ ސަމުސާގެ ފުށް

4 މޭޒުމަތީ ސަމުސާގެ ބަޓަރު

ދެއިނގިލި ކުރިން ހިފޭވަރުގެ ލޮނުކޮޅެއް

ހައްދަވާނެ ގޮތް

ހަކުރުގެ ދެބައިކުޅަ އެއްބައި އަދި ދިޔާކިރު މަޑުގިނީގައި ކައްކަވާލައްވާ. ވަކި މިކްސިން ބޮވްލް އެއްގައި ބާކީ ހުރި ހަކުރު އަދި ބިހުގެ ގޮބޮޅި ބައި އެއްކޮށްލައްވާ. ރަނގަޅަށް އެއްކުރެވުނީމައި ފުށް އަދި ލޮނު އަޅުއްވާ. ދިޔާ ކިރު އަދި ހަކުރު ކުޑަކޮށް ކެކެން ފެށުމުން އަލިފާން ނިވާލުމަށްފަހު ކުރިން އެއްކޮށްލެއްވި ހަކުރު އަދި ބިހުގެ ތެރެއަށް މަދުމަދުން އަޅުއްވާ އެއްކުރައްވަމުން ގެންދަވާ. ރަނގަޅަށް އެއްކޮށް ނިމުނީމައި މަޑުގިނީގައި ކައްކަވާލައްވާ. ކުޑަކުޑަކޮށް ކެކެން ފެށުމުން ބަޓަރު އަދި ކުޑަ ވެނީލާ އެސެންސްފޮދެއް އަޅުއްވާ އެއްކޮށްލައްވާ. ކައްކަމުންދާ ހުރިހާ ވަގުތެއްގައިވެސް ވިސްކެއް ނުވަތަ ސުޕެޓިއުލާއެއް ބޭނުންކޮށްގެން ހަލުވަމުން ގެންދަންވާނެ.

ނޯޓް

ޕޭސްޓްރީ ކުރީމް އަކީ ތަފާތު ބޭނުންތަކުގައި ބޭނުން ކުރެވިދާނެ އެއްޗެށް. މިގޮތުން ޑެނިސް ކުރޮސޮންޓް އަދި ކޭކުތަކުގައިވެސް ފިލިންއެއް ގޮތުގައި ބޭނުން ކުރެވިދާނެ. ނުވަތަ މޭވާކޮޅެއް ކޮށާލުމަށްފަހު ޕޭސްޓްރީ ކުރީމްގެ ތެރެއަށް އަޅުއްވައިގެންވެސް ބޭނުން ކުރެވިދާނެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް