މާންދޫ ކްލަސްޓާ: ގަމު ކައުންސިލުން އަންގަނީ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބަ އޮތްކަމަށް

މަސް ފެކްޓަރީއެއް ހިންގަމުން އަންނަ ލ. މާންދޫއިން އުފެދުނު ކޮވިޑު ކްލަސްޓާ ލ. ގަމަށް ފެތުރިފައިވާއިރު އެ ރަށުގެ ކޮވިޑު ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތްކަމުގައި އެ ރަށުގެ ކައުންސިލުން ބުނެފ...

26 Apr 2021 | 05:49

މަސް ފެކްޓަރީއެއް ހިންގަމުން އަންނަ ލ. މާންދޫއިން އުފެދުނު ކޮވިޑު ކްލަސްޓާ ލ. ގަމަށް ފެތުރިފައިވާއިރު އެ ރަށުގެ ކޮވިޑު ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތްކަމުގައި އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.

އެގޮތުން އެ ރަށުގެ ކައުންސިލްގެ ރައީސް އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ ރަށުގެ ޙާލަތު އަދި އިތުރަށް ގޯސްވުމުގެ ފުރުޞަތު އެބަ އޮތް ކަމަށާއި އެގޮތުން  ފުލުހުން، އެމްއެންޑީއެފް، ކައުންސިލް، ހޮސްޕިޓަލް، ފެނަކަ ފަދަ ގިނަ މުވައްސަސާތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އެކަހެރި ކުރަން ޖެހިފައިކަމަށެވެ.

"ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތރރިވާން ތިބި ގިނަ ބަޔަކުވެސް ވަނީ އެކަހެރިވާންޖެހިފައި، ބަލީގެ އަސަރު ކޮއްފައިވާ ބޮޑުކުޑަމިން އަދި ވެސް ދެނެ ނުގަނެވޭ" ޝިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވެފައިވަނީ ގޭގައި މަޑުކުރަންޖެހޭ ބަޔަކު މަގުމަތީގައި އަދިވެސް އުޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި ކޮންޓެކްޓުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ.

އެހެންކަމުން  ހޮޓާ ރެސްޓޯރަންޓް ތަކުން ދޭ ޚިދުމަތް މަޑުޖައްސާލާ ޑެލިވަރީ  ނުވަތަ ޓޭކް އަވޭގެ ޚިދުމަތައް ބަދަލު ކުރުމަށް އިލްތިމާސް ކުރައްވާކަމަށާއި ޟަރޫރީ ބޭނުމެއް ނެތި އެއް ގެއިން އަނެއް ގެއަށް ނުދިއުމާއި ޖޯލި ފަތިތަކާއި ހޮޅުއަށިތަކުގައި ގިނަ މީހުން ޖަމާވުން މަދުކުރުން މުހިންމު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ފިހާރަތަކަށް ދިއުން މަދުކޮށް ޑެލިވަރީގެ ޚިދުމަތް ފިހާރަތަކުން ތަޢާރަފު ކުރުން މުހިންމު ކަމަށާއި  ހުރިހާ ވަގުތަކު މާސްކުއެޅުން މުހިންމު ކަމުގައިވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

ގަމާއި މާންދޫގެ ކޭސްތައް ހިމެނޭ މާންދޫ ކްލަސްޓާގެ ޖުމްލަ އަދަދު މިހާރު ވަނީ 54 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް