ހުރާ އިން ކޯވިޑް ޖެހުނު ގިނަ މީހުން ރަނގަޅުވެއްޖެ

ހަތް މީހަކު ފިޔަވައި ކ. ހުރާ އިން ކޯވިޑް-19 އަށް ޕޮސިޓިވްވި އެންމެން ރަނގަޅު ވެއްޖެއެވެ. ހުރާ އިން ފުރަތަމަ ޕޮސިޓިވްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވ...

26 Apr 2021 | 05:45

ހަތް މީހަކު ފިޔަވައި ކ. ހުރާ އިން ކޯވިޑް-19 އަށް ޕޮސިޓިވްވި އެންމެން ރަނގަޅު ވެއްޖެއެވެ.

ހުރާ އިން ފުރަތަމަ ޕޮސިޓިވްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ.

އެމީހާ ބައްޔަށް ޕޮސިޓިވްވުމާއި ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ގެނައުމަށްފަހު މިހާރު ވަނީ އެ ރަށް އާންމު ހާލަތަށް ގެނެސްފައެވެ.

ހުރާގެ ހެލްތް ސެންޓަރުން ރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ރަށުން ޖުމްލަ 175 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވި އެވެ. އޭގެތެރެއިން 168 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެ ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު އުޅެނީ އެންމެ ހަތް ކޭސް އެވެ.

މިހާތަނަށް ހުރާ އިން ޖުމްލަ 1107 ސާމްޕަލް ނަގާފައިވާއިރު، ނަތީޖާ ނުލިބެނީ ނުވަ ސާމްޕަލެއްގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް