ރައީސް ޔާމިންގެ ސަޕޯޓަރުން "ދޭތިން އެކައްޗަށް" ނިކުންނަނީ!

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން އެ މަނިކުފާނުގެ ސަޕޯޓަަރުން "ދޭތިން އެކައްޗަށް" މި ނަމުގައި މުޒަހާރައެއް ބާއްވަން ނިންމައިފިއެވެ. މި މުޒާހަރާ ފެށުމަށް ނިންމާފައިވަނީ މާދަމާ...

26 Apr 2021 | 05:13

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން އެ މަނިކުފާނުގެ ސަޕޯޓަަރުން "ދޭތިން އެކައްޗަށް" މި ނަމުގައި މުޒަހާރައެއް ބާއްވަން ނިންމައިފިއެވެ.

މި މުޒާހަރާ ފެށުމަށް ނިންމާފައިވަނީ މާދަމާ ރޭ 9:30ގައި މާލޭ ބޯޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

އެކަމަކު މިއީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުޒާހަރާއެއް ކަމަށާއި މިއީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ބީރުކަންފަތެއް ދިނުމާ ގުޅިގެން ކުރާ މުޒާހަރާއެއް ކަމަށް އިދިކޮޅުން ބުނެއެވެ.

ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލީހްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ޔާމީން ގެއަށް ބަދަލުކުރުމާ މެދު މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރައްވާފައެެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް