ކުރުވާހަކަ: ބަނަވި ހަޔާތް

ލިޔުނީ: ޚުޒާމް ޒާހިރު ހަމަހިމޭން ހަވީރެކެވެ. ޒާރާ އިނީ ރަށުގެ ދޮންވެލި ތުނޑިމަތީގައި އިށީދެ ލައިގެންނެވެ. ކަނޑުގެ ރާޅުތައް މަޑުމޮޅި ދުވެއްޔެއްގައި ގޮޑުދޮށަށް ބީއްސަމުންދެއެވެ. ފިނިވައި ރޯޅިތަަށް ހަށިގ...

26 Apr 2021 | 04:59

ލިޔުނީ: ޚުޒާމް ޒާހިރު

ހަމަހިމޭން ހަވީރެކެވެ. ޒާރާ އިނީ ރަށުގެ ދޮންވެލި ތުނޑިމަތީގައި އިށީދެ ލައިގެންނެވެ. ކަނޑުގެ ރާޅުތައް މަޑުމޮޅި ދުވެއްޔެއްގައި ގޮޑުދޮށަށް ބީއްސަމުންދެއެވެ. ފިނިވައި ރޯޅިތަަށް ހަށިގަނޑުގައި ބީހެނީ ނުހަނު އޯގާތެރިކޮންނެވެ. ދެއަހަަރުގެ ލޯބި ތުއްތު އަންހެންް ކުއްޖަކުވެސް ޒާރާ ކައިރީގައި ހުއްޓެވެ.

ނަމަވެސް ޒާރާގެ ކިބައިން ފެންނަމުން ދަނީ ފުން ހިތާމަ އަކަށް ފިކުރު ކުރާ ތަނެވެ. މިފަދަ ހަމަހިމޭން ހަވީރަކުންވެސް ޒާރާގެ އަމިއްލަ ނަފްސަށް ހިތްހަމަ ޖެހުމެއް ނުލިބޭކަން އިޙްސާސް ވެއެވެ.

ޒާރާ އަކީ ގއ.އަތޮޅަށް އުފަން ކުއްޖެކެވެ. މެދުމިނުގެ މުއްސަދި އާއިލާ އަކަށް ނިސްބަތްވާ ކުއްޖެކެވެ. އާއިލާގެ ދޮށީ ކުއްޖާ ވެސްމެއެވެ. ޒާރާގެ ހަގަށް ފިރިހެން ކުއްޖަކާއި ދެ އަންހެން ކުދިން ތިބެއެވެ. ޒާރާއަކީ އުމުރުން 21 އަހަރުގެ ކުއްޖެކެވެ.

އާއިލާގެ ދޮށީ ކުއްޖާއަށް ވާތީ ޒާރާގެ މައިން ބަފައިން، ޒާރާގެ މަދަރުސީ ގްރޭޑްގެ 8 ފެށިގެން ރަގަޅު ތަޢުލީމެއް ހޯދައިދިނުމުގެ ބޭނުމުގައި ފޮނުވީ މާލެއަށެވެ.

ޒާރާ މާލޭގައި ތައުލީމް ހާސިލް ކުރުމަށްޓަކައި ހުރީ ޒާރާގެ މަންމަގެ ވަރަށް ގާތް އެކުވެރިއެއް ކަމުގައިވާ  ޝިވާނީ އާއި ރަހުމަތްތެރި ކަމުގެ ގުޅުން އޮންނަ މާލޭ މީހެއް ކަމަަށްވާ ކުމާރު (ކުމާރުބެ)ގޭގަ އެވެ.

ޒާރާ ގްރޭޑް 10 ފުރިހަމަ ކުރީ އަމީނިއްޔާ ސްކޫލުންނެވެ. ޖީ.ސީ.އީ އޯލެވެލްގެ ހުރިހާ މާއްދާ ތަކުން ފާހެއް ނުލިބުނަކަސް ދިވެހި، އިސްލާމްގެ އިތުރުން ދެމާއްދާ އިން ފާސް ވެފައިވެއެވެ.

ނަމަވެސް، ޒާރާ ތަޢުލީމް ޙާސިލް ކުރުމަށްޓަކައި ކުމާރުބެ މެންގޭގައި އުޅުނީ އެގޭގައި ކުރަންޖެހުނު ހުރިހާ މަސައްކަތެއްކޮށް ކިޔެވުމަށްޓަކައި ލައްކަ ޤްރުބާން ތަކެއް ވެގެންނެވެ. މިޤްރުބާނީ ތަކުން ތަޢުލީމީ ގޮތުން އެންމެމޮޅު ގޮތް ނުލިބުނަސް ޒާރާގެ މައިންބަފައިން ޒާރާގެ ތަޢުލީމީ ނަތީޖާ ތަކާއި މެދު ތިބީ ހިތް ހަމަޖެހިފައެވެ.

ސްކޫލް ނިމުމާއި އެކުހެން ކަހަލަ ގޮތަކަށް ޒާރާ ވަޒީފާ އަކަށް ދާން ފެށިއެވެ. އެއީ ފިހާރައެއްގެ ކޭޝިޔަރެއްގެ ވަޒީފާއެވެ. ނަމަވެސް، މި ވަޒީފާ ވެގެން ދިޔައީ ޒާރާގެ ދިރިއުޅުގެ ވީރާނާ އަކަށެވެ. މައިންބަފައިންނަށް ވަޒީފާ ލިބުމުގެ އުފާވެރި ހަބަރު ދެވުނު ނަމަވެސް، ފަހުން ލިބުނީ ހިތްދަތި ކަމެވެ.

އެއީ ފިހާރައިގެ ވެރިމީހާގެ ފަރާތުން ލިބުނު ޖިންސީ ފުރައްސާރައެވެ. ފިހާރައަކީ މައްޗަށްގޮޅި ސަހަރާ އާއި ދުރުނޫން ހިސާބެއްގައި އިންނަ ތަނެކެވެ. ޒާރާ ވަޒީފާއަށް ފުރަތަމަ ނިކުތް 5 މަހުގައި މުސާރައިގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޒާރާ ވަޒީފާ އަދާ ކުރަމުންގެންދާ ފިހާރައިގެ ވެރިމީހާގެ ފަރާތުން އާދަ އާއި ހިލާފަށް އޯގާތެރި ކަމާއި ލިބެންޖެހޭ މުސާރައިގެ އިތުރުން ގިނަގުނަ ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނެވެ.

އެއީ ވިއްސާރަ ރެއެކެވެެ. ޒާރާ ފިހާރަޔަށް ޑިއުޓީއަށް ދިޔުމަށްޓަކައި ރީތިވެގެން، އެރޭގެ ޒާރާ ލައިގެން ހުރި ރަތްކުލައިގެ ހެދުމާއި ގުޅޭ ގޮތަށް ޝޯލް އަޅާއި ތައްޔާރުވެގެން ދިޔަ އެެވެ. ނަމަވެސް އެރޭ ވެގެން ދިޔައީ ޒާރާގެ ދިރިއުޅުމަށް ކަޅުވިލާ ގަނޑެއް ގެނުވި ރެއަކަށެވެ.

އެރޭގެ ޑިއުޓީ ނިމުނު ވަގުތަށް ފިހާރައިގެ ވެރިމީހާ އިބްރާހީމް ކަލާމް ފިހާރައިގެ ވިކުރާ (ސޭލްސް) ފައިސާބަލާ އައެވެެ. ޒާރާއަަށްް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސަބަބަކީ އަބަދުވެސް ފިހާރަ ބަންދު ކުރުމަށް ފަހު ވިކުރާ (ސޭލްސް)ފައިސާ ހުންނަނީ ކުޑަ ފޮށްޓަކަށްއަޅާފައި ޖެހިގެން އަންނަ ދުވަހަށް ފިހާރަ ތެރޭގައި ބަހައްޓާފައެވެ.

ނަމަވެސް މިރޭ ފިހާރައިގެ ވެރިމީހާ ކަލާމްބެ ގެ ފަރާތުން ލިބުނީ ޖިންސީ ގޯނާތަކެވެ. ޒާރާގެ ހަށިގަނޑުގެ އެކިވަނާ ތަކުގައި އަތްލައި ސަމާސާކުރަން ފެށިއެވެ. އަދި ޒާރާ އަކީ ކަލާމްބެއަށް ކަމުދާ ކުއްޖެކޭ ބުނެ ޒާރާގެ އިއްފަތްތެރިކަން ފިހާރަތެރޭގައި ހުންނަ އޮފީސް ރޫމްތެރޭގައި ނަގާލިއެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި މިވާހަކަ ބުނެގެން ނުވާނެ ކަމަށްބުނެ އިންޒާރު ދިނެވެ. ޒާރާގެ ދިރިއުޅުން ވެއްޔާއި މޮޑުނީއެވެ.

ޒާރާގެ އިއްފަތްތެރިކަން ނަގާލި ތަނާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒާރާ ނަހަލާލަށް ބަނޑުބޮޑުވިއެވެ. ޒާރާގެ

މައިންބަފައިންނަށްޓަކައި ދެކެމުން އައި ފޮނި އުއްމީީދުތައް ވެއްޔާއި މޮޑެވުނީ އެވެ. މުޅި ރަށުތެރޭގައި އެވާހަކަ ފެތުރިއްޖެވެ.

ޒާރާއަށް މާލޭ އިތުރަށް ނުހުރެވޭނެ ކަމަށާއި ވަގުތުން ވަގުތަށް މައިންބަފައިން ކައިރިއަށް އައުމަށް މައިންބައިންގެ އިންޒާރު ތަކާއި އަމުރު ލޮބުމާއިއެކު ޒާރާ ރަށަށް ދިޔައެވެ.

ޒާރާއަށް އަދި ޒާރާގެ މައިންބަފައިންނަށް ރަށުގެ ރައްޔިތުންނާއި އަވައްޓެރިންނާއި ކުރިމަތިލާނެ ހިތްވަރު ނެތިއްޖެއެވެ.

ނަމަވެސް، ލިބިފައިވާ މުސީބާތަށް ޒާރާ ދިޔައީ ކެތްތެރިވަމުންނެވެ. ޒާރާ ވަޒީފާ އަދާ ކުރަމުންގެންދިޔަ ފިހާރައިގެ ވެރިމީހާ ކަލާމްބެ ހާލަތު ޖަނަވާރެއްގެ ދަރަޖައަށް ވެއްޓުމުގެ ސަބަބުން ޒާރާގެ ދިރިއުޅުންވަނީ ވީރާނާވެފައެވެ. މިކުށުގެ މައްސަލާގައި ކަލާމްބެ 25 އަހަރަށް ޖަލުގެ ހުކުމެއް އައެވެ.

ޒާރާ ނަހަލާލަަށް ވިހާވިއެވެ. ޒާރާއަށް ލިބުނުނީ ލޯބި ތުއްތު އަންހެން ކުއްޖެކެވެ.

ކުރެވިފައިވާ ކުށަށް ތައުބާވެ، ރަށުރައްޔިތުންގެ ކުރިމަތީގައި 100 އެތިފަހަރުން ޒާރާއަށް ތައުޒީރު ކުރެވުނެވެ.

މިއަދު ޒާރާ ކުރަމުންގެންދަނީ ދިރިއުޅުމުގައި ޒާރާއަށް ކުރިމަތިވި  އެންމެ ހިތްދަތި ދުވަސްތަކުގެ ހަދާންތަކެވެ.

ނިމުނީ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް