އެގްރޯ އުފެއްދި މަގުސަދު އޮޅިގެން އާޒިމްގެ ސުވާލެއް ފައްޔާޒަށް!

ދަނޑުވެރިންގެ އުފެއްދުން މާކެޓް ކުރުމަށް އެހީތެރިވެދިނުމަށް އުފައްދާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް އުފެއްދި މަގުސަދާއި މެދު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު އުފައްދަަވައި...

26 Apr 2021 | 04:49

ދަނޑުވެރިންގެ އުފެއްދުން މާކެޓް ކުރުމަށް އެހީތެރިވެދިނުމަށް އުފައްދާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް އުފެއްދި މަގުސަދާއި މެދު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު އުފައްދަަވައިފި އެވެ.

މެމްބަރު އާޒިމް އެ ކުންފުންޏާއި ގުޅޭގޮތުން ސުވާލުތަކެއް އުފެއްދެވި އިރު ސަރުކާރުން ވަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތިން ރަށެއް އެގްރޯ އަށް ދިނުމަށް ނިންމާފަ އެވެ. އެ ކުންފުންޏަށް ދޭން ނިންމާފައިވަނީ ހއ. މުލިދޫ އާއި ލ. ގާދޫ އަދި ގދ. ގަމެވެ.

އާޒިމް ކުރެއްވި ޓުވީޓެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޓެގުކޮށް މިނިސްޓަރަށް އަމާޒުކޮށް ވިދާޅުވެފައިވަނީ އެގްރޯ ކޮމްޕެނީ އުފެއްދީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމުގައި އެހީތެރިވެ ދިނުމަށް ކަމަށެވެ. އަދި އެ ކުންފުނި އުފެއްދީ ދަނޑުވެރިންގެ މަަސައްކަތުގެ ތެރެއަށް ވަންނަން ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.

އާޒިމްގެ ޓުވީޓުގައި ވަނީ މިފްކޯއިންވެސް މަސްވެރިކަން ކުރަން ނޫޅޭ ނޫންތޯ މިނިސްޓަރާއި ސުވާލު ކުރައްވާފަ އެވެ.

https://twitter.com/aliaazim/status/1386355825489317890

އެގްރޯ ކުންފުނިން ބުނެފައިވަނީ އެ ތިން ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ ރަށްރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމުގައި އެ ރަށްތަކާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނަށް އިސްކަން ދޭނެ އެވެ.

އެ ތިން ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ދޫކުރާނެ އެވެ.

އެގްރޯ ކޮމްޕެނީއަށް މިހާރު ދަނޑުވެރިންގެ އަތުން ގަންނަމުން ދަނީ 17 ބާވަތެއްގެ ތަކެއްޗެވެ. އެއީ އާންމުކޮށް ރާއްޖެއިން ބޭރުން އިމްޕޯޓު ކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގަިއ ހިމެނޭ ތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް