ލ. މާންދޫ އަދި ގަމުގައި އުފެދިފައިވާ މާންދޫ ކްލަސްޓާގެ އެކްޓިވް ކޭސްތަކުގެ އަދަދު 54 އަށް އަރައިފިއެވެ.
އަދަދު 54 އަށް އަރާފައިމިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު ފަސް މީހަކު ޕޮޒިޓިވް ވުމުންނެވެ. އަލަށް ޕޮޒިޓިވް ވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ގަމުން ޕޮޒިޓިވް ވި ތިން މީހަކާއި މާންދޫން ޕޮޒިޓިވް ވި ދެމީހެކެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 256 ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން 128 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިނުވާއިރު ލިބުނު ނަތީޖާތަކުގެ ތެރެއިން 74 ނަތީޖާއެއް ވަނީ ނެގަޓިވް ވެފައެވެ.
މާންދޫ ކްލަސްޓާ ފެށުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ވަގުތެއްގައި މާންދޫން ޕޮޒިޓިވް ވި އަށް ކޭހާއިއެކުގައެވެ. ޖެހިގެން އައި ދުވަހު ގަމުން ތިން މީހަކު ޕޮޒިޓިވް ވެ މި ކްލަސްޓާ މިހާރު އޮތީ ގަމާއި މާންދޫގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް