އިތުރު23 މީހަކު ޕޮސިޓީވްވެ މިއަދު ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު73 އަށް އަރައިފި އެވެ.
މިހާރު ރާއްޖޭގައި ޖުމްލަ214 މީހަކު ބައްޔަށް ޕޮސިޓިވްވެ ވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ17 މީހުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާތީ މީގެ ފަހުން ތަފްސީލަށް ދާނީ އެ ކޭސް އަކާއި ގުޅޭގޮތުން ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއް އެއްކޮށް ނިމުމުން ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ގިނައިން ޕޮސިޓިވްވެފައިވަނީ ކުރިން ޕޮސިޓިވް ކޭސްތަކާއި ގުޅުން ހުރި މީހުންކަމަށެވެ.
އެގޮތުން މިއަދު ޕޮސިޓިވްވި ގިނަ މީހުންނަކީ އެހެން ކޭސްތަކާއި ގުޅިގެން އައިސޮލޭޝަންގައި ނުވަތަ ކަރަންޓީން ކޮށްފައި ތިބި މީހުންކަމަށެވެ.
މިރޭ ޕޮސިޓިވްވި 23 މީހުންގެ ތަފްސީލް ހާމައެއް ނުކުރެ އެވެ. އޭގެ ކުރީގެ191 ކޭސްއަށް ބަލާއިރު މިހާތަނަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 78 އެވެ. ރާއްޖެ އިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެން އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުން ނެވެ. އެގޮތުން ބަންގްލަދޭޝްގެ 86 މީހަކު ޕޮސިޓިވްވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ މާލެއިންނެވެ. މިހާތަނަށް އަތޮޅުތަކުން މީހުން ބައްޔަށް ޕޮސިޓިވްވެފައިވަނީ ހއ. އުލިގަމާއި ށ. ނަރޫދޫން އެކަންޏެވެ.
އެޗްޕީއޭއިން ބުނީ އަތޮޅު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު މީގެ ތެރެއިން އޮތީ ނަރުދޫ ކޭސްއާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް