ކޯވިޑް-19: ސައޫދީ އިން މައްކާ ފިޔަވާ އެހެން ސަރަހައްދުތަކުގެ ކާފިއުއަށް ލުޔެއް ދެނީ

* ސައޫދީ އިން ގެންނަ ބަދަލާއެކު 24 ގަޑިއިރު ކާފިއު ހިންގާނީ މައްކާ ގައި އެކަނި ސައޫދީ އަރަބިޔާގައި 24 ގަޑިއިރު ހިންގަމުން އައި ކާފިއުއަށް ލުއި ދިނުމަށް އެ ގައުމުގެ ރަސްގެފާނު ރަސްގެފާނު ސަލްމާން އަމުރ...

26 Apr 2020 | 16:39

* ސައޫދީ އިން ގެންނަ ބަދަލާއެކު 24 ގަޑިއިރު ކާފިއު ހިންގާނީ މައްކާ ގައި އެކަނި

ސައޫދީ އަރަބިޔާގައި 24 ގަޑިއިރު ހިންގަމުން އައި ކާފިއުއަށް ލުއި ދިނުމަށް އެ ގައުމުގެ ރަސްގެފާނު ރަސްގެފާނު ސަލްމާން އަމުރު ނެރުއްވައިފިއެވެ. މި އަމުރުން މައްކާ އިސްތިސްނާ ކޮށްފައިވާތީ، ކުރިއަށް އޮތްތަނުގައި ވެސް މައްކާގައި 24 ގަޑިއިރު ކާފިއު ހިންގާނެކަމަށް އެ ގައުމުގެ ސްޓޭޓް ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ކާފިއު ލުއި ކުރުމާއެކު، ސައޫދީން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން ފެށިގެން ހަވީރު 5 އާ ދެމެދު ކާފިއު ނުހިންގާނެއެވެ. އެ ގަޑިތަކުގައި އާންމުންނަށް މުހިންމު ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ލިބިގެންދާނެއިރު، ރަމަޟާން މަހުގެ 6 ވަނަ ދުވަހުން 20 ވަނަ ދުވަހުގެ ނިޔަލަށް (އޭޕްރިލް 29 ން މެއި 13 ށް) ފެށިގެން ޝޮޕިން މޯލްތަކާއި، ހޯލްސޭލް އަދި ރީޓެއިލް ފިހާރަތައް ވެސް އަލުން ހުޅުވުމުގެ ހުއްދަ ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ސައޫދީ ކާފިއު އަށް ލުއިދޭން ނިންމިއިރު، މިއަދުގެ ހެނދުނުގެ ނިޔަލަށް އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 16299 އަށް އަރާފައެވެ. 136 މީހަކު އެ ގައުމުން މި ބަލީގައި މަރުވެފައިވާއިރު މިއީ ގަލްފު ސަރަހައްދުގެ 6 ގައުމުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް ސައޫދީންނެވެ.

ކޯވިޑް19 ފެތުރުން ހުއްޓުވުމަށް، މުސްލިމުންގެ މުޤައްދަސް ބިން މައްކާ އާއި މަދީނާގައި 24 ގަޑިއިރުގެ ކާފިއު ހިންގަން ސައޫދީން ފެށީ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން ސައޫދީން އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވެސް ވަގުތީ ގޮތުން ބަންދު ކޮށްފައިވާއިރު، މި އަހަރުގެ ޙައްޖުގެ އަޅުކަމަށް އެ ގައުމަށް މީހުން އެތެރެވުން ވެސް މަނާކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް