ކޯވިޑް-19 އަށް ރާއްޖެއިން އިތުރު ތިން މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 191 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ކޭސް 189 އިން ކޭސް 191 އަށް، މި ތިން މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ޕާކިސްތާނުގެ ރައްޔިތެއް ކަމަށެވެ.
https://twitter.com/HPA_MV/status/1254390054329425925
މިއާއެކު ރާއްޖެއިން ޕޮޒިޓިވް ވި އަދަދު 191 އަށް އަރާފައިވާއިރު މިއަދު މިވަނީ 14 މީހަކު ޕޮޒިޓިވް ވެފައެވެ. މީގެ އިރުކޮޅެއް ކުރިން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރިން 11 މީހަކު ޕޮޒިޓިވްވެފައިވާކަމަށާއި އެއީ ބަންގްލަދޭޝަށް ނިސްބަތްވާ ނުވަ މީހަކާއި އިންޑިއާގެ ރައްޔިތަކާއި ދިވެއްސެއް ކަމަށެވެ.
https://twitter.com/HPA_MV/status/1254381605256335360
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް