ފުލުހުންނަށް ބިރު ދައްކާ މަރުގެ އިންޒާރުދިން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
އެ ދެމީހުން ހައްޔަރު ކުރީ މާލެއިންނެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ބިރުދައްކާ މަރުގެ އިންޒާރު ދިނުމުން ކަމަށެވެ.
މި މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ހައްޔަރު ކުރީ ރޭ ދަންވަރު2:30 އެހާއިރު އެވެ. ދެމީހުންނަކީވެސް 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް މިއަދު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުު ކުރުމުން އޭގެ ތެރެއިން އެކަކު ވަނީ ކޯޓުން ދޫކޮށްލާފައި އެވެ. އަނެއް މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިދީފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް