ކަރަންޓީން ފެސިލިޓީއަށް މީހަކު ގެންދަން އަނެއްކާވެސް ކޯޓު އަމުރެއް ނެރެން ޖެހިއްޖެ އެވެ.
ކަރަންޓީން ފެސިލިޓީއަށް ދާން ދެކޮޅު ބަޔަކު ކަރަންޓީނަށް ގެންދިއުމަށް ފުރަތަމަ ފަހަރަށް ސިވިލް ކޯޓުން އަމުރެއް ނެރުނީ މިމަހުގެ20 ވަނަ ދުވަހު އެވެ. އެއީ މާލޭގައި ދިރިއުޅޭ ދިވެހި އަންހެނަކާއި ފިރިހެނެކެވެ.
ރޭ އަނެއްކާވެސް ސިވިލް ކޯޓުން އަމުރު ނެރުނީ ދިވެހި ފިރިހެނަކާއި ދެކޮޅަށެވެ. އެ އަމުރުގައި ބުނެފައިވަނީ ސަރުކާރުން ބޭނުންވާ ކަރަންޓީން ފެސިލިޓީއަކަށް އެމީހާ ގެންގޮސް ބަންދު ކުރުމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފުލުހުންނަށް އަންގާ ކަމަށެވެ.
އެމީހާ ހުރީ ކޮން ރަށެއްގައި ކަމެއް ނޭނގެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި އެކު ސިވިލް ކޯޓުން ވަނީ ކަރަންޓީނަށް ދާން ދެކޮޅު ހަދާމީހުން ފުލުހުންގެ ބެލުމުގެ ދަށުން ގެންދިއުމުގެ ހުއްދަ ދިނުމަށް އަމުރު ނެރެދޭން ނިންމާ އެކަން ހާމަކޮށްފައި އެވެ. އަދި އެކަމަށް އެޗްޕީއޭއަށް އީމެއިލް މެދުވެރިކޮށް ކޯޓުގައި އެދެވޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް