ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީ މަދިރިން ސަލާމަތެއް ނުކުރެވުނު!

ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންނަށް ފަރުވާ ދެމުންދާ ފަރުކޮޅުފުށީ އައިސޮލެޝަން ފެސިލިޓީ މަރާމާތަށް ފަހު އަލުން ބޭނުން ކުރަން ފެށި އިރުވެސް މަދިރީގެ އުނދަގުލުން ސަލާމާތެއް ނުކުރެ ވުނެވެ. އެންމެ ފ...

25 Apr 2020 | 19:06

ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންނަށް ފަރުވާ ދެމުންދާ ފަރުކޮޅުފުށީ އައިސޮލެޝަން ފެސިލިޓީ މަރާމާތަށް ފަހު އަލުން ބޭނުން ކުރަން ފެށި އިރުވެސް މަދިރީގެ އުނދަގުލުން ސަލާމާތެއް ނުކުރެ ވުނެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންނަށް ފަރުވާ ދެމުން ގޮސް އެތަން ވަގުތީ ގޮތުން ބަންދު ކުރަން ޖެހުނީ މަދިރީގެ އުނދަގުލާއި ހެދި ބަލި މީހުންގެ ޝަކުވާ ބޮޑުވެގެންނެވެ. ފަހުން މަރާމާތަށް ފަހު ފަރުކޮޅުފުށި އަލުން ހުޅުވީ މަދިރި އުފެދޭ ތަންކަމަށްވާ ސްވިމިންޕޫލަށް ކްލޯރިން އަޅައި ދޮވެ ފެންގަނޑު އެއްކޮށް ހުސްކުރުމަށް ފަހު ވޯޑުތަކަށް މަދިރި ނުވަންނާނެހެން ދާޖަހައި ބެއްދުމަށް ފަހު އެވެ.

ކޯވިޑް-19 ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އަނެއްކާވެސް އެތަނަށް މަދިރީގެ އުނދަގޫ ބޮޑުވެފައިވާ ކަމަށެވެ. ވިއްސާރަ މޫސުން ފެށި ބޯކޮށް ވާރޭވެހެން ފެށުމުން އެ ތަނުގައި މަދިރިއު ފެދެމުންދާ ކަމަށާއި ސްވިމިން ޕޫލްގައި ފެން ހެދި އެތަނުގައިވެސް މަދިރި އުފެދެން ފަށާފައިވާ ކަމަށެވެ.

އެހެންވެ ފުރަތަމަ އައިސޮލޭޝަން ފެސިލިޓީ ކޮންމެ ދުވަހަކު ފޮގް ކުރަމުންދިޔަ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެކަމުން ހައްލެއް ނުލިބުމުން މިހާރު ވަނީ މަދިރި މެރުމަށް ޔޫވީ ލައިޓް ޓްރެޕްތަކެއް ހަރުކޮށްފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގަ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގެ ވޯޑަކަށް ފުރާޅުން ފެން ލީކުވާ މައްސަލައެއް ވަނީ ދިމާވެފައި އެވެ. މިކަމާ ގުޅިގެން އެ ވޯޑުގައި ފެންބޮޑުވެ ރޭ ވަނީ ކަރަންޓު ޝޯޓެއް ވެފައި އެވެ.

މަބްރޫކް ވިދާޅުވީ މިހާރު އެ ވޯޑުގައި ތިބި ބަލި މީހުން އެހެން ވޯޑުތަކަށް ބަދަލުކޮށް، ކަރަންޓު ޝޯޓުގެ މައްްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެމީހުންވެސް ނުވަތަ ޕޮސިޓިވްވާ އެހެން ބަލި މީހުންވެސް އެތަނަށް ބަދަލު ކުރާނީ ފެން ލީކުވާ މައްސަލަވެސް ހައްލުކޮށްފައި ކަމަށެވެ.

މައްސަލަ ހައްލުވަންދެން އަލަށް ޕޮސިޓިވްވާ މީހުންނަށް ދެން ފަރުވާ ދޭނީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި އެވެ.

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަކީ52 މީހުންގެ ޖާގައިގެ ހަތަރު ވޯޑު ހިމެނޭ ތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް