ފެލިވަރު: 88 ސާމްޕަލުން 63 ސާމްޕަލް ޕޮޒިޓިވް

ޅ. ފެލިވަރުން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 63 ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އެ ރަށުން ޕޮޒިޓިވް ވި އަދަދު 66 އަށް އަރާފައިވާއިރު އެ ރަށުގައި ނައިފަރުން ފޮނުވި ހާ...

26 Mar 2021 | 14:07

ޅ. ފެލިވަރުން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 63 ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު އެ ރަށުން ޕޮޒިޓިވް ވި އަދަދު 66 އަށް އަރާފައިވާއިރު އެ ރަށުގައި ނައިފަރުން ފޮނުވި ހާއްސަ ޓީމެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ޓީމުން ގޮސް ނެގި 104 ސާމްޕަލްގެ ތެރެއިން 88 ސާމްޕަލެއްގެ ނަތިޖާ މިހާރު ލިބިފައިވާއިރު އޭގެތެރެއިން 63 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

ފެލިވަރުގެ އިތުރުން އެ އަތޮޅު ނައިފަރުންވެސް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފައެވެ. އަދި ނައިފަރުން ކުޅުދުއްފުއްޓަށް ދަތުރުކުރި ބަޔަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް