ކޮވިޑު ފެތުރިފައިވޭތޯ ބެލުމަށް ކުޅުދުއްފުށިން އިތުރު ސާމްޕަލް ނަގައިފި

ކުޅުދުއްފުށީގައި ކޮވިޑު ފެތުރިފައިވޭތޯ ބެލުމަށް އެ ރަށުން އިތުރު ސާމްޕަލްތަކެއް ނަގައިފިއެވެ. އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގާފައިވާއިރު އެ ރަށުން ޕޮޒިޓިވް ...

26 Mar 2021 | 11:09

ކުޅުދުއްފުށީގައި ކޮވިޑު ފެތުރިފައިވޭތޯ ބެލުމަށް އެ ރަށުން އިތުރު ސާމްޕަލްތަކެއް ނަގައިފިއެވެ.

އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގާފައިވާއިރު އެ ރަށުން ޕޮޒިޓިވް ވެފައިވަނީ ނައިފަރުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވި މީހެކާއި އޭޏާގެ ދެ އެހީތެރިންނެވެ. އެމީހުން ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ.

ކުޅުދުއްފުށިން ހަތަރުވަނަ މީހަކުވެސް ޕޮޒިޓިވް ވެފައިވެއެވެ. ހަތަރުވަނަ މީހާއަކީވެސް ނައިފަރުން ކުޅުއްދުއްޓަށް ދިޔަ މީހެކެވެ.

މި ހަތަރު ކޭސްއާއި ގުޅިގެން އެ ރަށަށް އަރާ ފޭބުން އަދި ވަނީ މަނާކޮށްފައެވެ. މި ކޭސްތަކާއި ގުޅިގެން މިހާތަނަށް 200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވެއެވެ. އޭގެ ތެރެއިން 70 ސާމްޕަލެއް ވަނީ ނެގަޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް