ތިޔަބޭފުޅުންގެ 'އަރިހުގައި' އެންޒީ ރޯދަމަސް

1442 ވަނަ އަހަރުގެ އެންޒީގެ ރަމަޞާންމަހުގެ ހާއްސަ ޕްރޮމޯޝަނަލް ކެމްޕެއިން 'އަރިހުގައި' އިއްޔެ އިފްތިތާޙް ކޮށްފިއެވެ. ވަރަށް ހާއްސަ މެސެޖަކާއިއެކު ކެމްޕެއިންގެ އިފްތިތާހީ ވީޑިއޯ ރޭގެ ވަގުތެއްގައި އެންޒ...

26 Mar 2021 | 05:11

1442 ވަނަ އަހަރުގެ އެންޒީގެ ރަމަޞާންމަހުގެ ހާއްސަ ޕްރޮމޯޝަނަލް ކެމްޕެއިން 'އަރިހުގައި' އިއްޔެ އިފްތިތާޙް ކޮށްފިއެވެ.

ވަރަށް ހާއްސަ މެސެޖަކާއިއެކު ކެމްޕެއިންގެ އިފްތިތާހީ ވީޑިއޯ ރޭގެ ވަގުތެއްގައި އެންޒީއިންވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

މިއާއިއެކު މިއަދު މިވަނީ އެންޒީގެ ކަސްޓަމަރުންނަށް ރޯދަމަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަންގައި އެންޒީގެ ފިހާރައަކުން ނުވަތަ އޮންލައިންކޮށް 200ރ އިން މަތީގެ ވިޔަފާރި ކުރައްވާ ކަސްޓަމަރުން އޮޓޮމެޓިކުން ނަސީބެ ގުރުއަތެއްގައި ބައިވެރިވާނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވިކަމުގެ އެސްއެމްއެސްއެށް 200ރ އިން މަތީގެ ވިޔަފާރިއެއް ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ. މިއަދުން ފެށިގެން ކޮންމެ ހަފްތާއަކުވެސް 2 ނަސީބުވެރިން އެންޒީއިން ހޮވާނެއެވެ. އަދި ކޮންމެ ނަސީބުވެރިއަކަށް 5000ރ ގެ ފައިސާގެ އިނާމެއް ލިބިވަޑައިގަންނަވާނެއެވެ. ފިތުރު އީދު ބަންދުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ.

އެންޒީއިން ވަނީ ރޯދަމަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ތައްޔާރުވެފައެވެ. މިފަދަ ގިނަ ފައިދާހުރި ޚިދުމަތްތަކަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް 'އަރިހުގައި' ކެމްޕެއިންގައި އިތުރު ސަރޕްރައިސަސްތައް ހިމެނޭނެ ކަމަށް އެންޒީއިން ވަނީ ބުނެފައެވެ.

ކޮވިޑް19ގެ ދިފާޢުގައި މަސައްކަތް ކުރުމަށް އެންޒީއިން ވަނީ އަތުކުރި އޮޅާލާ ތައްޔާރުވެފައެވެ. މިހެންކަމުން އެންޒީގެ އޮންލައިން ޕޯރޓަލް ވަނީ އިތުރަށް ފުރިހަމަ ކުރެވިފައެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ވިޔަފާރި ކުރެއްވުމަށް އެންޒީއިން އިލްތިމާސް ކުރެއެވެ.

ގޭގައި ތިއްބަވައިގެން އެންޒީގެ ކޮންމެ ޕްރޮޑަކްޓެއްވެސް www.enzi.mv  އިން އޯޑަރ ކޮށްލެވޭނެއެވެ.

މަސްކޭސް ނަންގަވާނަމަ، ތެޔޮ މަސްދަޅު ކޭހެއް 555ރ އަދި ފެން މަސްދަޅު ކޭހެއް 530ރ އަށް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް