ކޮންމެ އަހަރަކުވެސް ރޯދަމަހު އާންމުންނަށް ވެގެންދާ އުދަނގޫ ހައްލުކޮށްދިނުމުގެ ގޮތުން ރެޑްވޭވްއިން ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.
ކޮންމެ އަހަރަކުވެސް ރޯދަ މަސް ވެގެންދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އާންމުގިނަ ކަންބޮޑުވުންތަކެއް އުފެދިގެންދާ މަހަކަށެވެ. އެގޮތުން ހާއްސަކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު އަބަދުވެސް ބޮޑުވެގެންދާކަން ފާހަގަކޮށްލެވެއެވެ.
ރެޑްވޭވް މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ އަމާޒަކީ އާންމުންނަށް މިތަކެތި ހެޔޮއަގެއްގައި ރެޑްވޭވްގެ ފިހާރަތަކަން ފޯރުކޮށްދިނުމެވެ. އެގޮތުން އަލުވި އަދި ފިޔާ ކިލޯއެއް 10 ރުފިޔާއަށް މިއަދު ވަނީ ހެޔޮކުރެވިފައެވެ. އަދި ބިހެއް 1.5ރުފިޔާއަށް މިޙާރުވެސް ދަނީ ރެޑްވޭވްއިން ވިއްކަމުންނެވެ.
ރެޑްވޭވްގެ އަމާޒަކީ ކޮންޓްރޯލްކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލްކޮށްގެންނަމަވެސް ކަސްޓަމަރުންނަށް ރޯދަމަސް ނިމެންދެން ފިޔާބިސް އަލުވި ފޯރުކޮށްދިނުން ކަމުގައި އެކުންފުނިން މައުލޫމާތުދެއެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި އިގްތިޞާދަށް އައިސްފައިވާ ހީނަރުކަމާއެކުވެސް ރެޑްވޭވުގެ އަމާޒަކީ ޒަރޫރީ ކާބޯތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަން ރެޑްވޭވުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް