މޯލްޑިވިއަނުން މުދާ ގެންނަން ކާގޯ ފްލައިޓްތަކެއް ބާއްވަނީ

ހަތަރު ގައުމަކުން ރާއްޖެއަށް މުދާ އެތެރެކުރުމަށް، މޯލްޑިވިއަނުން ކާގޯ ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މުދާ ގެންނަން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ހަތަރު ގައު...

26 Mar 2020 | 17:47

ހަތަރު ގައުމަކުން ރާއްޖެއަށް މުދާ އެތެރެކުރުމަށް، މޯލްޑިވިއަނުން ކާގޯ ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި މުދާ ގެންނަން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ހަތަރު ގައުމަކީ ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޓްރިވެންޑްރަމް އާއި ޗެންނާއީ އާއި ތައިލެންޑް އަދި ދުބާއީ އެވެ. އަދި ޑިމާންޑް އޮތް ވަރަކަށް އިތުރު ގައުމުތަކަށް ވެސް ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

މޯލްޑިވިއަނުން މި ގޮތަށް ކާގޯ ފްލައިޓް ތަކެއް ބޭރު ގައުމުތަކަށް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

އިއްޔެ ނޫސްވެރިނާ ބައްދަލު ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ރާއްޖެ އަށް ދަތުރުތައް ހުއްޓާލާފައި އޮންނަ މުއްދަތުގެ ތެރޭގައި އެކި ގައުމުތަކުން ވައިގެ މަގުން ގެންނަންޖެހޭ މުދާ ގެންނާނެ ގޮތްތަކެއް ހަމަ ޖައްސަވާނެ ކަމަށާއި  ކާގޯ ޗާޓަރު ފްލައިޓްތަކެއް ބާއްވަން ސަރުކާރުން ވިސްނާ ކަމަށެވެ.

ކޯވިޑް-19 އަށް މިހާރު ރާއްޖެއިން 13 މީހަކު ފޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ނުވަ މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ވެފައިވާ އެންމެނަކީވެސް ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް