ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް ރިސޯޓުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ރިސޯޓުން ބިދޭސީއެއްގެ ގައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖޭގައި މިހާތަނަށް 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރެއިން އަށް މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް