މުސާރަ އުނިކޮށް، އިނާނެތިކޮށް ހަދާ ކުންފުނިތަކަށް ސަރުކާރުގެ މެސެއްޖެއް!

ކޮރޯނާ ވައިރަސް އާއި ގުޅިގެން އަމިއްލަ ވިޔަފާރިތަކުން ހާއްސަކޮށް ޓޫރިސްޓު ރިސޯޓުތަކުން މުވައްޒަފުންނާއި ދޭތެރޭ އިހާނެތިކޮށް ހިތާނަމަ ސްޓިމިއުލަސް ޕެކޭޖުތައް ދޫކުރާއިރު ދޭ ސަމާލުކަން ކުޑަވާނެ ކަމަށް ނެ...

26 Mar 2020 | 14:49

ކޮރޯނާ ވައިރަސް އާއި ގުޅިގެން އަމިއްލަ ވިޔަފާރިތަކުން ހާއްސަކޮށް ޓޫރިސްޓު ރިސޯޓުތަކުން މުވައްޒަފުންނާއި ދޭތެރޭ އިހާނެތިކޮށް ހިތާނަމަ ސްޓިމިއުލަސް ޕެކޭޖުތައް ދޫކުރާއިރު ދޭ ސަމާލުކަން ކުޑަވާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މުވައްޒަފެއްގެ ވަޒީފާއަށް ބަދަލެއް ގެނެސްފި ނަމަ އެކަން ޖޮޮބްސެންޓަރަށް ރިޕޯޓު ކުރުމަށް އިކޮނޮމިކްސް މިނިސްޓްރީން ވަނީ އެދިފަ އެވެ. މިހާތަނަށް އެ މިނިސްޓްރީއަށް104 ޝަކުވާ ލިބިފައިވާ ކަމަށް މައުލޫމާތުދެ އެވެ.

މިކަމާ ގުޅިގެން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހާއި ގުޅިގެން މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ވަޒީފާ އިިން ވަކި ކުރުމާއި، ނޯޕޭ، މުސާރަ އާއި އިނާޔަތްތައް މަދުކުރުން އަދި އެލަވަންސް ނުދިނުމާއި ވަކި މުއްދަތެއް ނެތްގޮތަށް ވަޒީފާ އިން ސަސްޕެންޑް ކުރުން ފަދަ ޝަކުވާތައް ކަމަށެވެ.

އެ ޝަކުވާތައް ސަރުކާރުން ސީރިއަސްކޮށް ބަލާނެ ކަމަށާއި އެކަން ބެލުމަށް މާ ގިނަ ދުވަސް ހޭދަ ނުކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސްފަރާތެއްގެ ވަޒީފާގެ ހައްގު ގެއްލުނަ ސަރުކާރުން މި ދަނޑިވަޅު ނުދޭނެ ކަމަށް ވިދާޅުވި އެވެ

އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުތަކުގައި އެފަދަ ކުންފުނިތަކަށް ދޭ ސަމާލުކަން ކުޑަވުން ހިމެނެ އެވެ. ވަކިވަކި ކޭސްތަކަށް ބަލައި ޝަކުވާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ވަޒިފާތަކަށް ބަދަލު އަންނާނެކަން މުވައްޒަފުންނަށް އަންގަން ފެށުމުން ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް ވަނީ ވަޒީފާގެ ގާނޫނާއި ހިލާފަށް އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނޭޅޭނެކަން ސިޓީއަކުން އަންގާފަ އެވެ.

އެކަމަކު ރިސޯޓު ހިންގާ ހުރިހާ ކުންފުންޏަކުންހެން ވަނީ މުވައްޒަފުންގެ މުސާރަ އުނިކޮށްފައި އެވެ.

ވިޔަފާރިތަކަށް އެހީވާން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެ ޕެކޭޖުގެ ދަށުން ފައިސާގެ ދަތިކަމަށް ޖެހިފައިވާ ކުންފުނިތަކަށް ލޯނުތައް ނެގޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް