މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން 26 މާރިޗު 2020 އިން ފެށިގެން އަލަށް ފަށާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށްލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން މެދުކަނޑާލަން ނިންމައިފިއެވެ.
އެކަން ހާމަކޮށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން މިވަގުތަށް އިސްކަންދެނީ ކޮވިޑް-19 އާ ގުޅިގެން މިހާރު ހިންގަމުންގެންދާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށްވާތީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ބެލުމަށްފަހު އަލަށް ފަށާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށް ލޯނަށް އެދި ހުށަހެޅޭނެ ތާރީޚެއް ޢިއުލާން ކުރެވޭނެ ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އިންޓްރެސްޓް ދެއްކުން ހަ މަހަށް ފަސްކޮށްދޭން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މީގެ ކުރިން ނިންމައި އެކަންވެސް އިއުލާނުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް