ޤައުމީ ޝިޕިންގ ކުންފުނި އުފައްދާ، އެކަން އާންމުކޮށް އިއުލާނުކޮށްފި

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ދިވެހި ޝިޕިންގ ކުންފުނި އުފައްދައި އެކަން އާންމުކޮށް އިއުލާނުކޮށްފިއެވެ. މި ކުންފުނި އުފައްދާފައިވަނީ އެސްޓީއޯ އަދި ފިއުލް ސަޕްލައި މޯ...

26 Mar 2020 | 12:08

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ދިވެހި ޝިޕިންގ ކުންފުނި އުފައްދައި އެކަން އާންމުކޮށް އިއުލާނުކޮށްފިއެވެ.

މި ކުންފުނި އުފައްދާފައިވަނީ އެސްޓީއޯ އަދި ފިއުލް ސަޕްލައި މޯލްޑިވްސްގެ ހިއްސާ ހިމެނޭހެން ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ.

އެގޮތުން މި ކުންފުނީގެ 99.99 ހިއްސާވަނީ އެސްޓީއޯ ކަމަށާއި 0.01 ހިއްސާވަނީ ފިއުލް ސަޕްލައި މޯލްޑިވްސް ކަމަށް ބުނެފައިވެއެވެ.

މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުން ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.

މި ކުންފުނީގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ޝިޕިންގް ލައިންގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް