ސަމާލުކަން ހޯދަން ފާހާނާތައްޓެއްގައި ދޫ ލީ މީހަކަށް ކޯވިޑް-19 ޖެހިއްޖެ

އެމެރިކާގައި ސޯޝަލް މީޑިއާގައި މީހުންގެ ސަމާލުކަން ހޯދަން ފާހާނާތައްޓެއްގައި ދޫ ލީ މީހަކަށް ކޯވިޑް-19 ނުވަތަ ނޯވެލް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ. މިކަން ދިމާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ، ސޯޝަލް ...

26 Mar 2020 | 11:37

އެމެރިކާގައި ސޯޝަލް މީޑިއާގައި މީހުންގެ ސަމާލުކަން ހޯދަން ފާހާނާތައްޓެއްގައި ދޫ ލީ މީހަކަށް ކޯވިޑް-19 ނުވަތަ ނޯވެލް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ.

މިކަން ދިމާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ، ސޯޝަލް މީޑިއާ އިންފްލުއެންސާއެއް ކަމަށްވާ ލާރޒް ނަމަކަށް ކިޔާ މީހަކަށެވެ.

އޭނާ މިދިޔަ ހުކުރު ދުވަހު ޓްވިޓާއަށް އަޕްލޯޑްކުރި ވީޑިއޯއަކުން ފެންނަނީ ކޮންމެވެސް ތަނެއްގެ ފާހާނާއެއްގައި ދޫ ލާ މަންޒަރެވެ. އެ ވީޑިއޯ އޭނާ ޝެއަރ ކޮށްފައިވަނީ އެއީ ކޮރޯނާވައިރަސް އަށް ހޭލުންތެރި ކުރުވާ ވީޑިއޯއެއް ކަމަށް ބުނެއެވެ.

އޭގެ ދުވަސްތަކެއް ފަހުން އޭނާ އިންސްޓަގްރާމަށް ދޫކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި އޮތް މަންޒަރެވެ. އޭނާ ބުނެފައިވަނީ އޭނާއަށް ކޮރޯނާވައިރަސް ޖެހުނީ ފާހާނަ ތަށީގައި ދޫ ލުމުންކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން މިހާރު ސަސްޕެންޑްކޮށްފައިވާއިރު މި ޒުވާނާގެ މި އަމަލަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް