ކޯވިޑް-19: އެމެރިކާއިން މަރުވި މީހުންގެ އަދަދު ހާހުން މައްޗަށް

ކޯވިޑް-19 ގެ ޝިކާރައަކަށްވެ އެމެރިކާއިން މަރުވި މީހުންގެ އަދަދު އެއް ހާހުން މައްޗަށް އަރައިފިއެވެ. މީގެ އިތުރުން އެމެރިކާއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު ވެސް ވަނީ މިހާރު ވަނީ ވަރަށް ބޮޑަށް އިތު...

26 Mar 2020 | 11:37

ކޯވިޑް-19 ގެ ޝިކާރައަކަށްވެ އެމެރިކާއިން މަރުވި މީހުންގެ އަދަދު އެއް ހާހުން މައްޗަށް އަރައިފިއެވެ. މީގެ އިތުރުން އެމެރިކާއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު ވެސް ވަނީ މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާތަނަށް އެ ގައުމުން 69000 މީހުން ބައްޔަށް ފައްސިވެފައިވެއެވެ.

ކޮވިޑް-19 ގެ ހާލާތު އެމެރިކާގައި ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، ޑަބްލިޔުއެޗްއޯ އިން ދާދިފަހުން ބުނެފައިވަނީ އެމެރިކާއަކީ މި ބަލީގެ އެންމެ ނުރައްކާ ބޮޑު "އެޕިސެންޓަރ" އަށް ވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މިއާއެކު އެމެރިކާއިން އަންނަނީ ބައްޔާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ. އެ ގައުމުގެ ސެނެޓުން 2 ޓްރިލިއަން ޑޮލަރުގެ ރިލީފް ބިލެއް ވަނީ ފާސްކޮށްފައެވެ. އަމާޒަކީ މަސައްކަތްތެރިންނާއި، ވިޔަފާރީތަކަށާއި، ހެލްތުކެއަރ ސިސްޓަމަށް އެހީ ފޯރުވުމެވެ. މި ބިލަށް އެޕްރޫވަލް ހޯދުމަށް މިހާރު ވަނީ މަޖިލީހުގެ ތިރި ގެއަށް ފޮނުވާފައެވެ.

މީގެ އިތުރުން، މިހާލަތުގައި ފަގީރު ގައުމުތަކަށް އެހީތެރިވުމަށް، އެމެރިކާގެ ޗީފް އެންޓޯނިއޯ ވަނީ 2 ބިލިޔަން ޑޮލަރުގެ ހޭދަކުރުމަށް ހުށަހަޅާފައެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ މަޢުލޫމާތުތަކަށް ބަލާއިރު، ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެއިން ވަނީ ހަތަރު ލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ މީހުން ފައްސިވެފައެވެ. އެއް ލައްކަ ސާދަ ހާސް މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކާވީސް ހާސް މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް