ކޯވިޑް-19: ސިންގަޕޫރުގެ ބޮޑުވަޒީރާއި މިނިސްޓަރުން ކުރިއަށް އޮތް ތިން މަހު މުސާރަ ނުނަގަން ނިންމައިފި

މުޅި ދުނިޔެއަށް ފެތުރިފައިވާ އާލަމީ ވަބާ، ކޯވިޑް-19 ސިންގަޕޫރުގައިވެސް ފެތުރެމުން އަންނައިރު އެ ގައުމުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އެ ގައުމުގެ ބޮޑުވަޒީރާއި ކެބިނެޓް މިނިސްޓަރުންނާއި ރައީސްވެސް ހިމެނ...

26 Mar 2020 | 11:22

މުޅި ދުނިޔެއަށް ފެތުރިފައިވާ އާލަމީ ވަބާ، ކޯވިޑް-19 ސިންގަޕޫރުގައިވެސް ފެތުރެމުން އަންނައިރު އެ ގައުމުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އެ ގައުމުގެ ބޮޑުވަޒީރާއި ކެބިނެޓް މިނިސްޓަރުންނާއި ރައީސްވެސް ހިމެނޭހެން ތިން މަހުގެ މުސާރަ ނުނަގަން ނިންމައިފިއެވެ.

މިކަން މިއަދު އިއުލާނުކޮށްފައިވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު، އަދި ފައިނޭންސް މިނިސްޓަރުކަންވެސް ކުރައްވާ ހެންގް ސްވީ ކިއަޓް އެވެ.

މީގެ ކުރިން އެ ގައުމުން ނިންމާފައި އޮތީ ބޮޑުވަޒީރާއި ކެބިނެޓް މިނސްޓަރުން އެއް މަސް ދުވަހު މުސާރަ ނުނެގުމަށެވެ. ނަމަވެސް އެކަމަށް މިހާރު މިވަނީ އިތުރު ދެ މަސް އިތުރުކޮށްފައެވެ.

އެކަން އިއުލާނު ކުރަމުން އޭނާ ބުނެފައިވަނީ މި ހާލަތަކީ ނުވިސްނާ އަދި ދުރާލާ ތައްޔާރު ނުވެ ތިއްބާ އައި ކުއްލި ހާލަތެއް ކަމަށާއި މި ހާލަތުން އަރައިގަތުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި މިހާތަނަށް 631 މީހަކަށް ކޯވިޑް-19 ޖެހިފައިވެއެވެ. ދެމީހަކު މަރުވެފައިވާއިރު މިހާތަނަށް 162 މީހަކު ރަނގަޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް