މިހާރު ފަރުވާދެނީ ކުރެއްދޫ، އައިލެންޑް ސަފާރީ، އަނަންތަރާ ދިގުން ޕޮސިޓިވްވި ބަޔަކަށް

ކޯވިޑް-19 އަށް ޕޮސިޓިވްވި13 މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ ތިން ތަނަކުން ބައްޔަށް ޕޮސިޓިވްވި މީހުންނަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. މިހާރު ފަރުވާދެމުންދަނ...

26 Mar 2020 | 11:18

ކޯވިޑް-19 އަށް ޕޮސިޓިވްވި13 މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ ތިން ތަނަކުން ބައްޔަށް ޕޮސިޓިވްވި މީހުންނަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިހާރު ފަރުވާދެމުންދަނީ ފަސް މީހަކަށެވެ. އެއީ އަނަންތަރާ ދިގުން ޕޮސިޓިވްވި އެކަކާއި، އައިލެންޑް ސަފާރީން ޕޮސިޓިވްވި އެކަކު އަދި ކުރެއްދޫ ރިސޯޓުން ޕޮސިޓިވްވި ތިން މީހުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މީގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ. އެކަމަކު އޭނާގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ޑރ. މުރާދު ވިދާޅުވީ މިހާތަނަށް ރަނގަޅުވި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވާ އެންމެން14 ދުވަހުގެ އައިސޮލޭޝަން ފުރިހަމަ ކުރާނީ އެމީހަކު ތިބި ރިސޯޓުގައި ކަމަށެވެ. އެ ދެމީހުންނަކީ އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުންދިޔަ އިޓަލީގެ ދެމަފިރިންނެވެ. އެމީހުންނަކީ އުމުރުން ދުވަސްވެފަ ތިބި ބަޔަކަށް ވާތީ އައިސޮލޭޝަންގެ މުއްދަތު ހަމަ ކުރާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ17 ވަނަ ފަންގި ފިލާގައި އެވެ.

ދެން ތިބި މީހުން ރިސޯޓު ރޫމް އައިސޮލޭޝަން ބަދަލު ކުރަން ނިންމީ އެމީހުންގެ ސިއްހީ އެއްވެސް މައްސަލައެއް ނޫޅޭތީ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ އިތުރަށް އެއްވެސް މީހަކު ޕޮސިޓިވް ނުވުމާއި ބަލި ޖެހުނު މީހުން ރަނގަޅުވަމުން އައުމަކީ ހާލަތު ބަދަލުވަނީ ނޫން ކަމަށް ޑރ. މމުރާދު މިއަދުވެސް ހަނދާން ކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ބަލި ކޮންޓްރޯލެއް ނެތި ފެތުރެމުންދާއިރު ދިވެހިން ތިބެއްޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް