ޓެސްކްސް ދައްކަން ބޭނުންވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗު ތަކަށް ނުގޮސް އެކަން ކުރެވޭނެ އިންތިޒާމް އެ ބޭންކުން ހަމަޖައްސައި ދީފި އެވެ.
ބީއެމްއެލް އިން ބުނީ އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ބޭންކަށް ފޮނުވުމުން ޓެކްސް ދައްކައިދެވޭނެ ކަމަށެވެ. އެގޮތުން ރަސްމީ ފަރާތަކުން ސޮއި ކޮށްފައިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާގެ) ފޯމް އެ ބޭންކަން އީމެއިލް މެދެވެރިކޮށް މިހާރު ހުށަހެޅޭނެ އެވެ.
އީމެއިލް ކުރަންޖެހެނީ [email protected] އަށެވެ.
ބީއެމްއެލްއިން ބުނީ ބޭންކު ހުޅުވިފައި ހުންނަ ދުވަސް ދުވަހުގެ ހެނދުނު10:30 ކުރިން ޓެކްސް ދައްކަން ބޭނުންވާ ފަރާތްތަކުން އީމެއިލް ކޮށްފި ނަމަ އެ ދުވަހަކު ޓެކްސް ދެއްކޭނެ ކަމަށެވެ.
https://twitter.com/bankofmaldives/status/1242854047809298442
ކޮރޯނާ ވައިރަސް އާއި ގުޅިގެން ބީއެމްއެލް ހިދުމަތްތައް އިންޓަނެޓް މެދުވެރިކޮށް ކުރުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައި އެވެ.
އެކަމަށް ބާރު އެޅުމުގެ ގޮތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީ ކުރުމުގެ ކަންކަން އީމެއިލް މެދުވެރިކޮށް ކުރެވޭ ގޮތް މިހާރު ވަނީ ހަދާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް