ކޯވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއަކު ފެނުމާއި ގުޅިގެން ސިނަމަން ހަކުރާހުރާ ރިސޯޓު އަނެއްކާ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި ޓުވީޓެއްގައި ބުނީ، ސިނަމަން ހަކުރާހުރާ ރިސޯޓުގައި ކޯވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީ އަކު ފެނުމާ ގުޅިގެން، އެ ބައްޔަށް ޓެސްޓު ކުރުމަށް އެ މީހާގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އޭނާ އެ ރިސޯޓުގައި މިހާރު އެކަހެރި ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން މީގެ ކުރިން ވެސް ވަނީ އެރަށުން ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނިގެން، ބައްޔަށް ޓެސްޓްކޮށްފަ އެވެ. ނަމަވެސް އެފަހަރު އެމީހާ ވަނީ ބައްޔަށް ނެގެޓިވްވެފަ އެވެ.
ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެ އިން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން އަށް މީހުން ވަނީ ރަނގަޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް