އަންނަ ހަފްތާގައި ބެންކްތަކުން ހިދުމަތްދޭ ގަޑިތައް އިއުލާން ކޮށްފި

އަންނަ ހަފްތާ އަކީ ބަނދު ހަފްތާއެއް ގޮތުގައި ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) އާއި ބޭންކުތަކުން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތައް އިއުލާން ކޮށްފިއެވެ. އެމްއ...

26 Mar 2020 | 07:30

އަންނަ ހަފްތާ އަކީ ބަނދު ހަފްތާއެއް ގޮތުގައި ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) އާއި ބޭންކުތަކުން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތައް އިއުލާން ކޮށްފިއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޯވިޑް-19 އާއި ގުޅިގެން އަންނަ ހަފްތާ ބަންދު ވަމާއި ގުޅިގެން މިދުވަސް ތަކުގައި ބޭންކުތައް ހުޅުވާފައި ހުންނާނެ ދުވަސްތަކަކީ،  މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން  މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކަމުގައެވެ.

އެގޮތުން އެ ދުވަސްތަކުގައި ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތްތަކީ:

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން 11:30 އަށް.
  • (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން 11:00 އަށް.
  • ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން މި އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް