ކޯވިޑް-19: ސްވިމިންގް އެސޯސިއޭޝަންގެ ހަތަރު ވަނަ އިންތިހާބު ފަސްކޮށްފި

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސްވިމިންގ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން އަންނަ މަހަށް ފަސްކޮށްފިއެވެ. ސްވިމިންގ އެސޯސިއޭޝަނުން މިއަދު ނުރުނު އިއުލާނެއްގައި ބުނީ...

26 Mar 2020 | 06:25

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސްވިމިންގ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން އަންނަ މަހަށް ފަސްކޮށްފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން މިއަދު ނުރުނު އިއުލާނެއްގައި ބުނީ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމި އިންތިހާބު އަންނަ މަހުގެ 11 ވަނަ ދުވަހަށް ފަސްކުރެވިފައިވާ ވާހަކަ އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގާކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ބަދަލުކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

އަދި އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚު ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހު ރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެސޯސިއޭޝަނުން އިއުލާނުގައި ބުނެއެވެ.

އަދި އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން 4 އެޕްރީލް ގައި އިޢުލާނު ކުރެވޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް