ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު ހޯދައި 11 ދިވެހިން ހައްޔަރުކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަން ކާމިޔާބު ވެފައި ވަނީ ނުވަ ދުވަހު ކުރި މަސައްކަތުން ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ އެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތީ 61.06 ކިލޯގެ ހެރޮއިން ކަމަށާއި އެއީ 72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައިވާ 11 ދޮވެހިންނަކީ، މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެއްކަމަށް ސީޕީ ހަމީދް ގެ ޓްވީޓްގައި ވަދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް