ކޯވިޑް-19: ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށައިފި

މިހާރު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުން، ވިލިމާލޭގެ މަގުތަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މާލޭ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ކުރަމު...

26 Mar 2020 | 05:03

މިހާރު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުން، ވިލިމާލޭގެ މަގުތަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ކުރަމުންދާ މި މަސައްކަތުގެ ދަށުން ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓްކުރަން ފަށާފައި ވަނީ މިއަދު ހެނދުނެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ ކުރިމަތިވެފައިވާތީ ތަންތަން ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ވަނީ މާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓްކޮށްފަ އެވެ. އަދި އިއްޔެ ވަނީ ހުޅުމާލޭގެ މަގުތަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖެއިން މިހާ ތަނަށް 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު މީގެތެރެއިން އަށް މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް