ރައީސްވެސް ވިދާޅުވީ އިއުލާނު ނުކުރިޔަސް މިއީ ލޮކް ޑައުން އެއް ކަމަށް!

ކޮރޯނާ ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ރާއްޖޭގެއަށް އެތެރެވެން ހުރި ހުރިހާ ދޮރުތަކެއް ބަންދު ކުރުމަަށް ބައެއް ފަރާތްތަކުން ގޮވާލާ ވާހަކައަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލި...

25 Mar 2020 | 19:21

ކޮރޯނާ ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ރާއްޖޭގެއަށް އެތެރެވެން ހުރި ހުރިހާ ދޮރުތަކެއް ބަންދު ކުރުމަަށް ބައެއް ފަރާތްތަކުން ގޮވާލާ ވާހަކައަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖަވާބު ދެއްވައިފި އެވެ.

މިއަދު ރައީސް ސޯލިހު ވަނީ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާނެކަން އިއުލާނު ކުރައްވާފައި އެވެ. ރައީސް ވިދާޅުވީ އެ ފިޔަވަޅު އެޅީ މިވަގުތަށް އިތުރު ގޮތެއް ނެތުމުން ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު ނޫސްވެރިއަކު ވަނީ ރާއްޖެ އެއްކޮށް ލޮކް ޑައުން ކުރަނީ ކޮން އިރަކުތޯ އާއި އެކަމުގެ ވިސްނުން ގެންގުޅުއްވަންތޯ ސުވާލު ކޮށްފައި އެވެ. ރައީސް ސޯލިހު ވިދާޅުވީ އިތުރަށް ކުރާނެ ލޮކް ޑައުން އެއް ނެތް ކަމަށެވެ. ރާއްޖެއިން ބޭރުން ކުރިޔަށް އޮތް24 ގަޑި އިރު ފަހުން ބޭރު މީހަކަށް ނާދެވޭނެ ކަމަށާއި އެއްވެސް ރިސޯޓަކުން މީހުން ދިރިއުޅޭ ރަށަކަށް މީހަކަށް ނުދެވޭނެ ކަމަށެވެ.

އެހެން ކަމުން ރާއްޖެ ގާތްގަނޑަކަށް މިއޮތީ އެއްކޮށް ބަންދު ކުރެވިފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހާލަތު ބަދަލުވެ ހުރިހާ ގޮތަކުން ލޮކްް ޑައުން ކުރަންޖެހޭ ފަދަ ދަނޑިވަަކަށްވެސް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރާއްޔިތުންނަަށް ކާބޯތަކެއްޗާއި ދަތުރުފަތުރާއި ކަރަންޓު ފަދަ ހިދުމަތްތައް އެންމެ ދަތި ދަނޑިވަޅުގައިވެސް ދެވޭ ފަދަ ގޮތަކަށް ރާއްޖެ އެ ބޭއްވުން ކަމަށެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ސަރުކާރުން ވަނީ މި މަހުގެ 12 ން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ވެސް މި ހަފުތާ އާއި އަންނަ ހަފުތާގައި ވެސް ބަންދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް