އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މުޒާހަރާ އާއި ގުޅޭގޮތުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓާއި ގުޅިގެން އެ ކޯލިޝަނުން ރުޅިގަދަ ވެއްޖެ އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ނަން ބޭނުން ކުރައްވާ އޭނާއަށް ނިސްބަތްކޮށް އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓެޖީ ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މިއީ މީގެ ކުރިން އިމްރާން ނުކުރައްވާ ޒާތުގެ ޓުވީޓެކެވެ. އަދި ބަސްމަގުވެސް ތަފާތެވެ.
ކޯލިޝަނުން މިރޭ ބޭއް ވި ނޫސްވެރިންގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނަިއބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ހޯމް މިނިސްޓަރުގެ ޓުވީޓުގެ ބޭނުން ކުރައްވާފައިވާ ބަހުރުވައިން ދޭހަވަނީ މިނިސްޓަރުކަމަށް އޭނާ ކުފޫހަމަނުވާ ކަންކަށެވެ، އެއީ މިނިސްޓަރަކު ބޭނުން ކުރައްވައިގެންވާނެ ބަހުރުވައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ސައީދު ވަނީ އިމްރާންގެ ބަސްމަގާއި ގުޅިގެން މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައްވާފައި އެވެ. އޭނާ ވިދާޅުވީ ހޯމް މިނިސްޓަރުގެ ކިބައިގައި ކޮންމެވެސް ސިފައެއް ހުންނަވަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ އެކްޓިވިސްޓެއްގެ ސިފަ ނޫން ކަމަށެވެ.
https://twitter.com/ShimranAb/status/1365304123571113991
ސައީދު ވިދާޅުވީ، މުޒާހަރާގެ ތެރެއިން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަދުރޭ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާ އިމްރާނަށް ފެނިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، އަތޮޅުވެހީގައި ކުނާ ފަތުރައިގެން، ޖަލުގެ ކުރިމަތީގައި ބައިތިއްބާފައި ތިބި އަދުރޭ އާއި ކައުންސިލް މެމްބަރުންނާއި އާއްމު މެމްބަރުން ފެނިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސައީދު ވަނީ، އިމްރާން ހުންނެވ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް، 23 ޑިސެމްބަރު، 2011ގައި ކުރި މުޒާހަރާގައިތޯ ސުވާލު ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް